މިހައިތަނަށް އުފަންވެފައިވާ އެންމެ ބިޔަ ކުދިންގެ ތެެރެއިންވެސް ފާހަަގަކޮށްލެވޭ ބިޔަ ކުއްޖަކު ވިހައިފިއެވެ.
ކިރައިލި އިރު ބަރުދަނުގައި 14.4 ރާތާ ހުއްޓެވެ. މިއީ ޢާންމުކޮށް 5 މަހުގެ ކުއްޖެއްގެ ބަރުދަނެވެ.
މިކުއްޖާ ވިހާފައިވަނީ ދެކުނު ކެލިފޯނިއާގެ ހޮސްޕިޓަލެއްގައެވެ. ކޮލިން އޯސްޓިން ކެސްލަރގެ ނަމުން ނަންދީފައިވާ މިކުއްޖާގެ ބައްޕަ ބުނީ އެންމެންވެސް ހީކޮށްގެން ތިބީ ލިބޭނީ ޓްވިންސްއެއް (އެއްމާބަނޑު ދެކުދިން) ކަމަށް ކަމަށެވެ.
"ވިހެއުމުން ކިރަން ގެންގޮސް ތިލަފަތަށްލީމާ ތިލަފަތް އޮތީ ފުރިފަ. ސިންޑީގެ ބަނޑު ބޮޑުކަމުން އެންމެންވެސް ހީކުރީ ޓްވިންސެއް ލިބެނީ ކަމަށް އެކަމަކު އެހެނެއް ނޫން މިދިމާވީ. ސިންޑީއަށް ވަރަށް ބޮޑަށް މަރުހަބާ ކިޔަންޖެހޭ. އެއީ 3 ކުދިންގެ ބަރު އެހައި ގިނަ ދުވަސްވަންދެން ސިންޑީ އުފުލީތީ." ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ.
މިއީ ސިންޑީގެ 3 ވަނަ ދަރިފުޅެވެ. ސިންޑީ ބުނީ ދަރިފުޅަށް ބަލިވެ އިން ދުވަސްވަރު ވަަރަށް ގިނަ ނިދިން މަހްރޫމްވާންޖެހުނު ކަމަށެވެ.