ޤަތަރުން ގޮތް ދޫނުކޮށް ޓަރިރިޒަމަށް ހިތްވަރުދެމުން ގެންދާނަމަ ޤަތަރާއި ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަންޖެހިދާނެ ކަަމަށާއި އެގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ޤަތަރާއިއެކު ވިޔަފާރިކުރާ ޤައުމުތަކާއިމެދުވެސް ފިޔަވަލު އަޅަން ތައްޔާރަށް އޮތް ކަމަށް ޔޫއޭއީ އިން ބުނެފިއެވެ.
މިމޭރުމުން ވިދާޅުވީ ޔޫއޭއީ އިން ރަސިއާއަށް ކަނޑައަޅާފައިވާ ސަފީރެވެ.
ސަފީރު ވިދާޅުވީ ޓެރަރިޒަމަށް ޤަތަރުން ކުރަމުން ގެންދާ ހޭދައިގެ ކަންކަން ބަލަހައްޓަން އީޔޫ އާއި ހަވާލުކުރަންޖެހޭ ކަމަށެވެ. އަދި ޤަަތރު ބޭނުންހައި ގޮތަކަށް ގޭމްކުޅެން ދޫދީގެން ޢަރަބި ކޯލިޝަނުން ނުތިބޭނެ ކަމަށެވެ.
"އަހަރެމެން ވާނީ 13 ކަމަެއް ކުރަން ޤަތަރަށް ހުށަހަލާފަ. އެކަންކަމަށް ޤަތަރުން އަމަލު ނުކުރާނަމަ އަހަރެމެންނަށް ޖެހޭނީ ޤަތަރަށް އަލްވަދާޢު ކިޔަން. އެއީ އަހަރެމެން ކުރަން ބޭނުންވާ ކަމެއް ނޫން. ނަމަވެސް ޤަތަރުން އެއުޅެނީ އެކަންކުރަން މަޖުބޫރު ކުރުވަން." ކަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.
ސަފީރު ވިދާޅުވީ ޤަތަރާއި ދެކޮޅަށް ހަތިޔާރުގެ ބޭނުންކުރަން ނުވިސްނާ ކަމަށާއި ހަތިޔާރާއި ނުލައި އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމަށެވެ.