ނަޞޭޙަތް ދިނުމުން އިޞްލާޙް ނުވާނަމަ އޮތީ ދުރުވުން- އަނިޔާލިބުމުގަ ދެމިހުރުމެއް ނޫން: ސާމިޔާ ޒަކަރިއްޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ނަޞޭޙަތް ދިނުމުން އިޞްލާޙް ނުވާނަމަ އޮތީ ދުރުވުން- އަނިޔާލިބުމުގަ ދެމިހުރުމެއް ނޫން: ސާމިޔާ ޒަކަރިއްޔާ
އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ އަމަލުތައް ޢާއިލާގައި ހިންގާނަމަ އަންހެނުންނަށް އޮތީ ލަދުވެތިވެ އަތް އުރާލައިގެން ތިބުން ނޫން ކަމަށާއި ނަޞޭޙަތް ދިނުމުން ޤަބޫލުނުކުރާނަމަ އޮތީ ދުރުވުން ކަމަށް އަލްއުސްތާޒާ ސާމިޔާ ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

އަންހެނުންނަށް ޚާއްބަކޮށްގެން އިސްލާމީ މަރުކަޒުގައި ރަމަޞާން މަހު ބޭއްވި ދެވަނަ ދަރުސްގައި ސާމިޔާ ވިދާޅުވީ ވަރަށް ބޮޑެތި ނުރަނގަޅު ކަންތައްތައް ޢާއިލާގެ ތެރޭގައި ހިނގަމުންދާއިރުވެސް ބައެއް އަންހެނުން ކެތްތެރިވެގެން ތިބެން މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ގޮތް ނޫން ކަމަށާއި ނަޞޭޙަތް ދިނުމުން އިޞްލާޙް ނުވާނަމަ އޮތީ ކަމާއިބެހޭ ފަރާތްތަކަށް އަންގައިގެން އެކަން ހުއްޓުވަން މަސައްކަތްކުރުން ކަމަށެވެ. އަދި އެގޮތުންވެސް މައްސަލަ ހައްލު ނުކުރެވޭނަމަ އޮތީ ދުރުވުން ކަމަށެވެ.

ސާމިޔާ ވިދާޅުވީ އަންހެނުންނަށް އަނިޔާކުރުމަކީ އިސްލާމް ދީން އެއްވެސް މިންވަރަކަށް ހުއްދަކުރާ ކަމެއް ނޫން ކަމަށާއި އަދި އެއީ އިސްލާމް ދީން ވަރަށް ބޮޑަށް މަނާކުރާ ކަމެއް ކަމަށެވެ.

ސާމިޔާ ވިދާޅުވީ މިބާވަތުގެ ކަންކަން ހުއްޓުވައި މުޖުތައު އިޞްލާޙް ކުރެވޭނީ އަންހެނުން އަމިއްލައަށް އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ. އަދި އަންހެނުން ވެސް އަންހެނުންނަށް އަނިޔާކުރާ ކުރާ ކަމަށާއި އެއީ ވެސް ހުއޓައިލަން ޖެހިފައިވާ ކަމެއް ކަމަށެވެ.
މިއަދު އޮންލައިން