އިސްލާމް ދީނުގައި ހުރިހާކަމެއްގެ ޙައްލުވެސް ވަނީ ލައްވާފައެވެ. ވިސްނާ ފިކުރުކުރާ ބަޔަކަށް މިއީވެސް މިކަމުގެ ހެއްކެކެވެ.
ކިތަންމެ މޮޅު ޑޮކްޓަރުންނާއި ނަރުހުންނާއި ޙަކީމުންނަށްވެސް ޙައްލެއް ނުލިބިގެން ތެޅިފޮޅޭ ކަންކަމުގެ ޙައްލުވެސް ވަނީ އިސްލާމް ދީނުގައި ލައްވާފައެވެ.
ދާދިފަހުން އެމެރިކާގައި ހިނގި ހާދިޘާއެކެވެ. ދެ އަންހެނަކު އެއްފަހަރާ ވިހެއީއެވެ. އެކަކު ވިހެއީ އަންހެން ކުއްޖެކެވެ. އަނެކަކު ވިހެއީ ފިރިހެން ކުއްޖެކެވެ. ނަމަވެސް ނަރުސް ކުދިންނަށް އަންހެން ކުއްޖާގެ މަންމައަކީ ކޮބައިކަމެއް އަދި ފިރިހެން ކުއްޖާގެ މަންމައަކީ ކޮބައިކަމެއް ނޭނގުނެވެ.
އެހެންވެ އެކަން ޙައްލުކުރުމަށް ޑީއެންއޭވެސް ހެދިއެވެ. ނަމަވެސް ނަތީޖާ ވަރަށް އެއްވައްތަރުވުމުން ހައްލެއް ނުލިބުނެވެ. އެމީހުންގެ ސިކުނޑު ސުމަކަށް ދިޔައެވެ. ހަދާނެގޮތް ހުސްވިއެވެ. ވާނީވެސް އެހެންތާއެވެ. ވިހޭ ދެ އަންހެނުންވެސް ބުނަމުން ދަނީ އޭނާ ވިހެއީ ފިރިހެން ކުއްޖެއް ކަމަށެވެ. މި މައްސަލައިގެ ހައްލު ހޯދުމަށް ޑޮކްޓަރުންނާއި ނަރުހުންނަށް ވަރަށް އުނގަދޫވިއެވެ. ބޮޑު ކަމަކަށް ވެގެންދިޔައެވެ.
އެންމެފަހުން ހޮސްޕިޓަލުގެ ވެރިންނާއި ހަމައަށް މި މައްސަލަ އައުމުން ސަޢޫދީ ޢަރަބިއްޔާގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ ލަފާއެއް ހޯދުމަށް ނިންމާ، ވެގެން އުޅޭގޮތް ކިޔައިދިނެވެ. އަދި ބުންޏެވެ. ކަލޭމެންގެ ދީނުގައި ހުރިހާ ކަމެއްގެ ހައްލުވެސް އޮންނަކަމަށް އަބަދުވެސް ދަޢުވާ ކުރަމުނޫންހެއްޔެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޢިލްމުވެރިން ދެންނެވިއެވެ. އާދޭހެވެ. އަހަރުމެންގެ ދީނުގައި ޙައްލު ނެތް އެއްވެސް ކަމެއް ނޯންނާނެއެވެ. ތިޔަކަމުގެ ހައްލު ވަރަށް ފަސޭހަކަމަށްވެސް ދެންނެވިއެވެ. އަދި އެ ދެ އަންހެނުންގެ ގާތުން (ކިރުފޮދެއް) ނަގާ ތަޙުލީލު ކުރުމަށް އެދުނެވެ.
އެ ކިރުފޮދުގެ ތެރެއިން ކާނާގެ ބާވަތް ގިނަވާނީ ފިރިހެން ކުއްޖާގެ މަންމަގެ ކިރުގައި ކަމަށާއި ކާނާގެ ބާވަތް މަދުވާނީ އަންހެން ކުއްޖާގެ މަންމަގެ ކިރުގައި ކަމަށްވެސް ބުންޏެވެ.
ދެން އެމެރިކާގެ ޑޮކްޓަރުން އެގޮތަށް ކަންތައް ކުރުމުން މައްސަލަ ހައްލުވެއްޖެއެވެ.
ހަމަކަށަވަރުން މިކަމުންވެސް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅުގެ ތެދުކަން އެނގި ހާމަވެގެން ހިނގައްޖެއެވެ.
ނޯޓް: މިއީ ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަޠީފްގެ އެފްބީ ސްޓޭޓަސް އިން ނަކަލު ކޮށްފައިވާ ލިޔުމެކެވެ.