އޭނާ ހީރޯއަކަށްވީ ނެގެޓިވް ރޯލު ނުވަތަ ނުބައިބައި ކުޅެން މަޝްހޫރުވެގެނެއް ނޫނެވެ. މެހެބޫބްނަގަރް ޑިސްޓްރިކްޓުގެ ކޮންދަރެއްދީޕައްޅި އަވަށުގައި ދިރިއުޅޭ މުސްލިމް ފަޤީރު ޢާއިލާ އަކަށް ޢީދު ހަދިޔާގެ ގޮތުގައި ގެއެއް ދިނުމުންނެވެ.
އެ އަވަށުގައި ދިރިއުޅޭ ޗޯޓޭ މިއާގެ ޢާއިލާއަށް އެކްޓަރ ޕްރަކާޝް ރާޖު ގެ ހަވާލު ކޮށްދިނުމަށް އޭނާވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ޕްރަކާޝް ފައުންޑޭޝަންގެ ފަރާތުން ބޭއްވި މި ރަސްމިއްޔާތުގައި ޕްރަކާޝް ބުނީ ޗޯޓޭ މިއާގެ ދެމަފިރިންނާއި އެމީހުންގެ ތިން އަންހެން ދަރިން ކުރިން ދިރިއުޅެމުން ދިޔައީ ދުވަސްވުމުގެ ސަބަބުން ބޮލަށް ވެއްޓެން ކައިރިވެފައިވާ ތަނެއްގައި ކަމަށެވެ. އަދި ބަޔަކަށް ކަމެއް ކޮށްދިނުމުން ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބޭ ކަމަށެވެ.
ޕްރަކާޝްގެ ފައުންޑޭޝަނުން އެ އަވަށުގެ ކަންކަމާ ޙަވާލުވެފައިވާ އިރު، އަވަށް ތަރައްޤީ ކުރުމަށް ގިނަ ޕްރޮޖެކްޓުތަކެއް މިހާރު އަންނަނީ ކުރަމުންނެވެ.
ޕްރަކާޝް ފިތުރު ޢީދު ފާހަގަ ކޮށްފައިވަނީވެސް މެހެބޫބްނަގަރް ޑިސްޓްރިކްޓުގެ ކޮންދަރެއްދީޕައްޅި އަވަށުގައެވެ.
Celebrated Ramzan at #kondareddypalli by handing over home built for this family by #prakashrajfoundation .. the joy of giving back to life. pic.twitter.com/GWdqfLDJrg
— Prakash Raj (@prakashraaj) June 26, 2017