މުޅި ދުނިޔެ އަޅުވެތިކޮށްގެންއުޅުނު އިނގިރޭސީންގެ އަޅުވެތިކަމުން ހޮންގކޮންގ މިނިވަންވިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ އިޙްތިފާލްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޒީ ޖިންޕިން ހޮންގކޮންގއަށް ވަޑައިގެންފިއެވެ.
ރައީސް ޒީ ޖިންޕިންގ މިއަދު ހެނދުނު ހޮންގކޮންގއަށް ވަޑައިގަތުމުގެ ކުރިންވެސް އެމަނިކުފާނު ވަނީ ހޮންގކޮންގ އާއިމެދު ވަރަށް އުންމީދީ ވާހަކަފުޅުތަކެއް ދައްކަވައިފައެވެ.
ރައީސް ޒީ ޖިންޕިން ވިދާޅުވެފައިވަނީ ޗައިނާ އާއި ހޮންގކޮންގއަކީ ޤައުމެއްގެ ގޮތުން އެއް ޤައުމެއް ނަމަވެސް ދެ ޤައުމުގެ ކަންތައްތައް ހިންގޭނީ 2 ސިސްޓަމަކަށް ކަމަށެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި މި މުނާސަބާ ފާހަގަކުރާނެއެވެ. މިދިއަ އާދީއްތަ ދުވަހު އެމެރިކާގައި ބޭއްވި ރަސްމިއްޔާތެއްގައި 10،000 އަށްވުރެ ގިނަ ޗައިނާ- އެމެރިކާ މީހުން ވަނީ ބައިވެރިވެފައެވެ.
ހޮންގކޮންގގައި އެންމެ ކުލަގަދަ ރަސްމިއްޔާތުތައް ބާއްވަން ހަމަޖެހިފައިވަނީ 1 ޖުލައި ވާ ހޮނިހިރު ދުވަހުއެވެ.