މީގެ ތެރެއިން ތްރީ އޮން ތްރީ ބާސްކެޓް ޗެލެންޖުގައި ފިރިހެން 10 ޓީމާއި އަންހެން 3 ޓީމު ވަނީ ބައިވެރިވެފައެވެ.
މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން އެމްބީއޭ އިން ބުނީ ފިރިހެން 10 ޓީމުގެ ކުޅުން ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ. އަދި ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމު ސެމީފައިނަލަށް ދާގޮތަށް ކަމަށާއި ސެމީގައި ކްރޮސްކޮށް ކުޅުމަށްފަހު މޮޅުވާ ދެޓީމު ފައިލަށް ދާގޮތަށް ކަމަށެވެ.
އަންހެން މެޗުތައް ކުޅުމަށް ނިންމާފައިވަނީ ލީގު އުސޫލުން އެއްބުރު ކުޅޭގޮތަށް ކަމަށްވެސް ބުންޏެވެ.
މި މުބާރާތުގައި ރާއްޖޭގެ ބާސްކެޓުގައި ނަން މަޝްހޫރު ކުޅުންތެރިންވެސް އެކި ޓީމުތަކަށް ކުޅެމުން އަންނަ ކަމަށާއި އެ ކުޅުންތެރިންގެ އެހީތެރިކަމާއެކު ކުޅުދުއްފުށީ މުބާރާތުންވެސް މޮޅު ކުޅުންތެރިން ފެންނަމުންދާ ކަމަށްވެސް އެމްބީއޭ އިން ބުންޏެވެ.
އެމްބީއޭ އިން އިތުރަށް ބުނީ މުބާރާތުގެ އެކި ވަނަތަކަށް ޓްރޮފީ އާއި ގިފްޓް ހެމްޕަރ އަދި ގިފްޓް ވައުޗަރ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ގްއަންޓަމް ކިންގ އޮފް ތހެ ރިންގ (ވަން އޮން ވަން) މުބާރާތަކާއި ލަ ސްޓަންޒާ ތްރީ ޕޮއިންޓް ޗެލެންޖުގެ ނަމުގައިވެސް މުބާރާތެއް ކުޅެމުން އަންނަކަމަށް އެމްބީއޭ އިން ބުންޏެވެ.
ލަ ސްޓަންޒާ ތްރީ ޕޮއިންޓް ޗެލެންޖުގެ ނަމުގައި ކުރިއަށްދާ މި މުބާރާތުގެ އެއްވަނައަށް 500 ރުފިޔާގެ ގިފްޓް ވައުޗަރ، ދެވަނައަށާއި 3 ވަނައަށް 200 ރުފިޔާގެ ގިފްޓް ވައުޗަރ ވަނީ ހުށަހަޅާފައެވެ.
މިއީ ޑަބްލިއު ސްޕޯޓްސް އެކްޑަމީން އިންތިޒާމުކޮށް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ކުރިއަށްދާ އިވެންޓުތަކެކެވެ.