ޤަތަރާއި މެދުއިރުމަތީގެ ޤައުމުތަކާއިމެދު މިހާރު ކުރިމަތިވެގެން އުޅޭ މައްސަލަ އާއި ގުޅުވައިގެން ކަމަށް ބުނެ އެެމެރިކާގެ ވޮޝިންގޓަނުގައި ހުންނަ ޤަތަރުގެ އެމްބަސީ ކުރިމައްޗަށް ބައަކު އެއްކުރުވައި މުޒާހަރާ ކުރުވައިފިއެވެ.
ޕެރިހާއި ލަންޑަންގައި ވެސް ވަނީ މިފަދަ މުޒާހަރާތައް ކުރުވައިފައެވެ.
މުޒާހަރާކުރާ މީހުންގެ ކަންބޮޑުވުމެއް ކަމަށް ބުނަނީ ޤަތަރުން ޓެރަރިސްޓް ޖަމާއަތްތަކާއިއެކު ގުޅުން ބާއްވައި އެހީތެރިވެދިނުމެވެ. ޚާއްޞަކޮށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދިއުމެވެ.
އެހެން ޤައުމުތަކުގައި އެމެރިކާ އާއި ހުޅަނގުގެ އެމްބަސީއެއް ހުންނަ ސަރަހައްދެއްގައި ބައަކު މުޒާހަރާއެއް ނުކޮށް ހަމައެކަނި ޖަމާވެލި ނަމަވެސް އެބައަކާއިމެދު އަމަލުކުރަނީ ޓެރަރިސްޓުންގެ ގޮތުގައެވެ. ޚާއްޞަކޮށް އެމެރިކާގެ އެމްބަސީ އާއީ ކައިރިވެލައިފިނަމަ އެމީހަކު ހައްޔަރުނުކުރަނީސް އެމެރިކާގެ ލޮލަށް ނިދިވެސް ނައުދެއެވެ. އެެމެރިކާގައި ހުންނަ އެހެން ޤައުމުތަކުގެ އެމްބަސީތައް ވައްޓައިލި ނަމަވެސް އެއީ ހަމަ އެއްވެސް މައްސަލައެއް ނޫނެވެ.