މިއަހަރުގެ ރަމަޟާން މަހު އުމުރާވެފައިވަނީ 3 މިލިއަން މުސްލިމުންނަށް ކަމަށާއި އެއެންމެންނަށްވެސް ވަރަށް ފުރިހަމައަށް ޚިދުމަތް ކުރެވުނު ކަމަށް މައްކާގެ ގަވަރުނަރު ޕްރިންސް ޚާލިދް އަލް ފައިޞަލް ވިދާޅުވެއްޖެއެވެ.
ސެންޓްރަލް ހައްޖު ކޮމިޓީގެ ޗެއަރމަންކަންވެސް ކުރައްވަމުން ގެންދަވާ ޕްރިން ފައިޞަލް ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހު އުމުރާވުމަށް ބޭރު ޤައުމުތަކުން ދިއައީ 1 މިލިއަން މީހުން ކަމަށާއި ޢުމުރާވި 2 މިލިއަން މީހުންނަކީ ސައުދީގެ އެކި ސަރަހައްދުތަކުގެ މީހުން ކަމަށެވެ.
ޕްރިންސް ފައިޞަލް ވަނީ ހައްޖުވެރިންނަށް ޚިދުމަތްކުރި ފަރާތްކަށް ޖާފަތެއް ދެއްވައިފައެވެ. އެ ޖާފަތުގައި ޕްރިންސް ފައިޞަލް ވަނީ މާތް ﷲ ގެ މެހްމާނުންނަށް ކަމޭ ހިތުމުގައި އެންމެންވެސް ގަދައަޅައި ކުރި މަސައްކަތްތަކަށް ތައުރީފް ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.