އައިފޯން- 10 އަހަރު ތެރޭ 1 ބިލިއަން ފޯން ވިއްކައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އައިފޯން- 10 އަހަރު ތެރޭ 1 ބިލިއަން ފޯން ވިއްކައިފި
29 ޖޫން 2007 ގައި ދުނިޔެއަށް "އުފަންވި" އައިފޯންގެ ވިޔަފާރިއަށް ބަލައިފިނަމަ ފާއިތުވި 10 އަހަރުތެރޭގައި ވަނީ 1 ބިލިއަން ފޯން ވިއްކައިފައެވެ. އެއީ އަހަރަކަށް ބަލައިފިނަމަ 100 މިލިއަނެވެ.

އައިފޯނު ބޭނުންކުރުން މިހާރުވެފައިވަނީ ޝަރަފަކަށެވެ. ބައެއް މީހުނ ދެކޭ ގޮތުގައި އައިފޯނެއް ނެތް ނަމަ އެއީ އެއްވެސް ފެންވަރެއް އަދި ހައިބަތެއް ހުރި މީހެއް ނޫނެވެ.

ރާއްޖެއަށް ބަލައިފިނަމަ ޒަކާތް ލިބިގަންނަން އިސްލާމިކް މިނިސްޓްރީއަށް ދާ ބައެއް "ފަޤީރުން" ވެސް އައިފޯނު ހިފައިގެންދާ ވާހަކައަކީ މިހާރު މަޝްހޫރު ވަހަކައެކެވެ. އެފަދަ މީހުންނަށް ހިތްބަރުކުރާކަށް ނުވާނެއެވެ. އެއީ ޞަދަޤާތުގެ ގޮތުގައި ލިބިފައި ހުރި ތަކެއްޗަށް ވެސް ވެދާނެތީއެވެ.

އެޕްލްގެ އުފެއްދުންތައް އެންމެ ގިނައިން ބޭނުންކުރާ ޤައުމުތައް ކަމުގައި ބެލެވެނީ ޗައިނާ، އިންޑިއާ، އެމެރިކާ، ބްރެޒިލް، އިންޑިޮނޭސިއާ، ރަސިއާ، ޖަޕާން ޕާކިސްތާން، އިނގިރޭސިވިލާތް، އަދި ޖަރުމަނެވެ.
މިއަދު އޮންލައިން