ބަޣްދާދީގެ "ޚަލީފާވެރިކަން" ނިންމައިލެވިއްޖެކަމަށް އިރާޤުން ބުނެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ބަޣްދާދީގެ "ޚަލީފާވެރިކަން" ނިންމައިލެވިއްޖެކަމަށް އިރާޤުން ބުނެފި
އެމެރިކާގެ ފުރިހަމަ އެހީތެރިކަމުގައި އުފެދި ކުރިއަރައިގެން އައި އަބޫބަކުރު ބަޣްދާދީގެ "ޚަލީފާވެރިކަން" ހަމަ އެމެރިކާގެ އެހީތެރިކަމާއިއެކު ނިމުމަކަށް ގެނެވިއްޖެ ކަމަށް އިރާޤުން ބުނެފިއެވެ.

އިރާޤުން ބުނީ ބަޣްދާދީ 2014 ވަނަ އޭނާގެ ޚަލީފާވެރިކަން އިއުލާނުކުރި 850 އަހަރު ވެފައިވާ އަލްނޫރީ މިސްކިތް މިހާރު ވަނީ އިރާޤް ސިފައިންގެ ބެލުމުގެދަށުގައި ކަމަށެވެ. އަދި މުޅި އެ ސަރަހައްދުވެސް ވަނީ އިރާޤް ސިފައިންގެ ބެލުމުގެދަށުގައި ކަަމަށެވެ.

މީގެ 2 ހަފްތާ ކުރިން އައިއެސްގެ ހަނގުރާމަވެރިން ވަނީ މިސްކިތުގެ ބޮޑުބައެއް އަމިއްލައަށް ގޮއްވާލައިފައެވެ. އެއީ އެތަނުގައި ސިއްރު ކަންތައްތަކެއް އިތުރަށް ފޮރުވުމަށް ކަމަށް ބެލެވެއެވެ. މިހައި ދުވަސްވީ މިސްކިތުގެ މުންނާރު ގޮއްވައިލުމުން ގިނަ ބައަކަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.

އިރާޤް ސަރުކާރުން ބުނަނީ މޯސުލް އިން އައިއެސް ބޭރުކޮށްލެވިއްޖެކަމުގެ ހިތްހަމަޖެހުން ލިބިއްޖެކަމަށެވެ.

އެނގިވަޑައިގަންނަވާނެފަދައިން ޠާލިބާން، އަލްޤައިދާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ބައްޕައަކީ އެމެރިކާއެވެ. ވަކި ހިސާބަކުން ދަރިންނަކީ އަދާވާތްތެރިންކަމަށް ކަނޑައަޅައި ފަހަތުން ދުވަންފެށީއެވެ.

ދަރިންތައް އުފައްދަނީ އަރަބި ޤައުމުތަކަށް ބިރުދެއްކުމަށެވެ. ބިރުދައްކައި ފައިސާ ލިބޭ ޚަޒާނާއަކަށް ބަދަލުވުމުން ދަރިން ފަހަތުން ދުވަން ފަށަނީއެވެ. އައިއެސްއަށް ވެސް މިކުރިމަތިވީ ހަމަ އެހާލަތެވެ.
މިއަދު އޮންލައިން