އާދައާ ޚިލާފް ލިޔުންތަކެއް ހުރި ބޮޑު ބިހެއް ފެނިއްޖެއެވެ. ބިސް ފެނިފައިވަނީ ޔޫއޭއީގެ ފުޖެއިރާގެ ގޮނޑުދޮށުގައި ދާއުކަން އުޅުނު މަސްވެރިއަކަށެވެ. އޭނާގެ ދަލުގައި ބިސް އަޅައިގަތުމުންނެވެ.
ބިސްފެނުމުން މަސްވެރިޔާ ވަނި ސަރުކާރާއި އިސްލާމީ އިދާރާތަކަށް އަންގައިފައެވެ. މަންޒަރު ބަލަންހުރި މީހަކު ވީޑިއޯކުރުމަށްފަހު ސޯޝަލް މީޑިއާގައި ޢާންމުކުރުމުން މިކަން ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ.
ބައެއް މީހުން ބުނެފައިވަނީ ބިހުގައި ވަނީ ދީނީ ވާހަކަތަކެއް ކަމަށެވެ. އަނެއް ބައަކު ބުނަނީ ސިހުރެއް ކަމަށެވެ. ބިހާއިބެހޭ މާހިރަކު ބުނަނީ ބެލެވެނީ އެއީ އޮސްޓްރިޗެއްގެ ބިސް ކަމަށާއި ކޮންމެވެސް މީހަކު އެބިހުގައި ލިޔެފައިވަނީ ކަމަށެވެ.
ބިސް އެހިސާބަށް އައިސްފަނީ އެފްރިކާގެ ޤައުމަކުން ކަމަށް ވެދާނެކަމަށްވެސް ބެލެވެއެވެ. އޮސްޓްރިޗްގެ ބިހަކީ ބަރުދަނުގައި ކިލޯއެއް ހުންނަ އެއްޗެކެވެ.