ދެ ދަރިން ނިކަމެތި ހާލުގައި ދޫކޮށްލުމަށްފަހު މަސްތުވެ ބަރަހަނާވެގެން މަގުމަތީގައި އުޅުނު އަންހެނަކު ކެނެރީ އައިލަންޑުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އަވަށްޓެރިންނަށް އޭނާ ފެނި ކަންބޮޑުވެގެން ފޯނުކުރަން ފެށުމުން ފުލުހުން ގޮސް އެނާ ހޯދައި ހައްޔަރުކުރީ ކަމަށެވެ. އަދި އޭނާ އުޅޭތަނެއް ހޯދަން ކުރި މަސައްކަތުން ލިބުނީ އިތުރު ހައިރާން ކަމެއް ކަމަށެވެ.
"އެޕާޓްމަންޓްގެ ދޮރު ވަނީ ހުޅުވާލާފަ. ގޭތެރެއިން އިވެނީ ދެކުދިން ރޯއަޑު. 4 އަހަރާއި ދެ އަހަރުގެ ދެ ކުދިން ތިބީ ނަޖިހުން ތަތްތެޅިފަ. ބަނޑަށް ހާންތިވެފަ." ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އޭނާއަކީ ފަތުރުވެރިއެއްގެ ގޮތުގައި އެރަށަށް ގޮސް ހުރި އަންހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ދަރިންނަށް އަނިޔާވެރިވުމުގެ ކުށުގައި ކަމަށެވެ.
ހުރިހާ ކަމެއް ހުއްދަކޮށްގެން އުޅޭ ޤައުމުތަކުގައިވެސް ދަރިންނަށް އަޅައި ނުލުމާއި އަނިޔާވެރިވުން މިހާރު ވަނީ އަދަބުލިބޭ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.