11 އަހަރުގެ ކުއްޖަކަށް ވިހައި ޖިންސީ ގޯނާކުރަމުންދިއަ އަންހެނަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
11 އަހަރުގެ ކުއްޖަކަށް ވިހައި ޖިންސީ ގޯނާކުރަމުންދިއަ އަންހެނަކު ހައްޔަރުކޮށްފި
11 އަހަރުގެ ފިރިހެން ކުއްޖަކަށް ވިހައި އޭނާއަށް ޖިންސީ ގޯނާކުރަމުންދިއަ އަންހެނަކު އެމެރިކާގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ 25 އަހަރުގެ އަންހެން މީހާ ހައްޔަރުކުރީ 11 އަހަރުގެ ފިރިހެންކުއްޖަކާއެކު ޖިންސީ ގުޅުން ހިންގައި ދަރިއަކު ލިބުމުން 3 އަހަރުވަންދެން އެ ފިހިހެން ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ކުށުގައި ކަމަށެވެ.

ފުލުހުން ބުނާ ގޮތުން ފިރިހެން ކުއްޖާ ވަނީ އޭނާގެ ބާރުގެދަށަށް ގެންގޮސްފައެވެ. އެކަން ކޮށްފައިވަނީ ބާރާއި ފައިސާ ބޭނުންކޮށް ބިރުދައްކައިގެންނެވެ.

3 އަހަރުގެ ކުޑަ ދަރިފުޅު އޭނާގެ އަތުން އަތުލައި މިހާރު ވަނީ ޢާއިލާއަކާއި ބަލަހައްޓަން ހަވާލުކޮށްފައެވެ.
މިއަދު އޮންލައިން