އެންމެ ދީލަތި 20 މަހުޖަނުންގެ ލިސްޓުގައި 2 މުސްލިމުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
އެންމެ ދީލަތި 20 މަހުޖަނުންގެ ލިސްޓުގައި 2 މުސްލިމުން!
ދުނިޔޭގެ އެންމެ ދީލަތި 20 މަހުޖޖަނުންގެ ލިސްޓު ނެރެފައިވާއިރު އެ ލިސްތުގައި ހިމެނެނީ އެންމެ 2 މުސްލިމުންނެވެ.

ލިސްޓުގެ 4 ވަނައިގައި ހިމެނޭ އިންޑިއާގެ ބިލިއނަރެއް ކަމަށްވާ އާޒިމް ހާޝިމް ޕްރޭމްޖީ ވަނީ ޞިއްޙީ ކަންތައްތަކަށް 8 ބިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ.

ލިސްޓުގެ 6 ވަނައިގައި ހިމެނޭ ސުލައިމާން ބިން ޢަބްދުލްޢަޒީޒް އަލް ރަޖްހި ވެވަޑައިގެންފައިވަނީ ސައުދީ ޝާހީ ޢާއިލާގެ ބޭރުން 2011 ވަނަ އަހަރު އެންމެ މުއްސަނދި ޢާއިލާއަށެވެ. ސުލައިމާން ވަނީ އެކިއެކި ކަންކަމަށް 5.7 ބިލިއަން ޑޮލަރު ހޭދަކުރައްވައިފައެވެ.

ދެން ތިބި 18 މީހުންނަކީ މުސްލިމުންކަން އެނގޭނެ ގޮތެއް ނެތެވެ. މީހެއްގެ ނަމުން އެއީ މުސްލިމެއްކަން ނުއެނގުމަކީ އެމީހަކީ ކާފަރެއްކަމަށް ކަނޑައެޅޭނެ ސަބަބެއް ނޫނެވެ. އެކަން އެނގޭނީ އެމީހަކަށެވެ.

ކިތަންމެ ބޮޑެތި ހޭދަތަކެއް ކުރި ނަމަވެސް މާތް ﷲ ގެ ޙަޟްރަތުން ސަލާމަތްކަމާއި ދިންނެވުން ލިބޭނީ މުސްލިމުންނަށެވެ. ކިތަންމެ ގިނަ ފައިސާތަކެއް ހޭދަކުރި ނަމަވެސް މުސްލިމަކު ކަމުގައި ނުވާނަމަ އާޚިރަތުގައި އެމީހަކަށް އެކަމުން ލިބޭނެ އެއްވެސް މަންފާއެއް ނެތެވެ.

ގުޅުންހުރި ލިޔުން:
މިއަދު އޮންލައިން