ސައުދީގައި ޤަވާއިދާޚިލާފަށް ތިބި ބިދޭސީން ޖަލުގައި ބަންދުނުވެ ޤައުމުން ބޭރުވުމަށް އިތުރު 30 ދުވަސް ދީފި- ރާއްޖެ ހަމަ ހުޅުވާލާފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ސައުދީގައި ޤަވާއިދާޚިލާފަށް ތިބި ބިދޭސީން ޖަލުގައި ބަންދުނުވެ ޤައުމުން ބޭރުވުމަށް އިތުރު 30 ދުވަސް ދީފި- ރާއްޖެ ހަމަ ހުޅުވާލާފަ!
ސައުދިއަރަބިޔާގައި ޤަވާއިދާއި ޚިލާފަށް ތިބި ބޭރު ޤައުމުތަކުގެ މީހުން ޖަލުގައި ބަންދުނުވެ، ނަމަވެސް ޖުރުމަނާ ދެއްކުމަށްފަހު ޤައުމުން ބޭރުވުމަށް 30 ދުވަހުގެ އިތުރު މުއްދަތެއް ދީފިއެވެ.

ސަރުކާރުން ބުނީ އިތުރު 30 ދުވަސް ދިނީ މިއަހަރުގެ މާރިޗް މަހުގެ 29 ވަނަ ދުވަހު ދިން 90 ދުވަހުގެ މުއްދަތު ހަމަވި އިރުވެސް ބައެއް މީހުންނަށް އެމީހުން ފުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ހުރިހާ ކަންކަން ފުރިހަމަ ނުކުރެވި ހުރުމުން ކަމަށެވެ.

މި ފުރުޞަތުގެ ބޭނުން ނުހިފާ މީހުން ޖަލުތަކުގައި ބަންދުކުރާނެ ކަމުގެ އިންޒާރު ވެސް ސަރުކާރުން ވަނީ ދީފައެވެ.

ރާއްޖެއަށް ބަލައިފިނަމަ ޤަވައިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ޖޯން ކިޔާ އެމެރިކާ މީހެއްގެ ޕާސްޕޯޓް، އޭނާއަށް ދަރާ އޮތް ފަރާތްތަކުން ރާވައިގެން ވަގަށް ނަގުމަށްފަހު (ޖޯން ބުނާގޮތުން) އަތުލައި ގަނެ، އޭނާ ލިބެންޖެހޭ ސާބިތު ދަރަނީގެ ފައިސާތައް ވެސް ހޯދައި ނުދީ ވަނީ ބޭރުކޮށްލެވިފައެވެ. ރާއްޖޭގައި ހެޔޮ ނިޔަތުގައި އިންވެސްޓްކުރި އިންވެސްޓަރަކަށްވުމުން ކަމަށް ވެސް ވެދާނެއެވެ. އޭނާގެ ޕާޓްނަރުން ކަމުގައި ޚިޔާރު ކުރެވުނު މީހުންގެ ސިޔާސީ ނުފޫޒާއި ބާރު ގަދަވުމުން ކަމަށް ވެސް ވެދާނެއެވެ.

ޔަޤީން ކުރެވޭ ކަމަކީ ޤަވައިދާއި ޚިލާފަށް ރާއްޖޭގައި ތިބި ބަންގާޅީންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމާއި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ތިބި ބަންގާޅީންގެ އަދަދު ސަރުކާރަށް ނުވެސް އެނގޭކަމެވެ. އަދި އެ އަދަދު ހޯދަން އެކަށީގެންވާ މަސައްކަތެއްވެސް ސަރުކާރުން ނުކުރާ ކަމެވެ.

ބަންގްލަދޭޝް އިން ގެންދަނީ ސްކޯލާޝިޕަކާއި ޓްރަކަކުން ރާއްޖޭގެ އިޤްޠިޞާދުގެ ބޮޑު ބައެއް އެ ޤައުމަށް ކަހާލަމުން ކަމަށް ބެލެވެނީ ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ތިބި ބަންގާލީންގެ މައްސަލަތައް އިތުރުވެ ދިވެހިން މަރަމުން ގެންދާއިރުވެސް މި ބޮޑު މައްސަލަ ހައްލުކުރަން ކުރެވޭ ކަމެއް ނުއެނގޭތީއެވެ.
މިއަދު އޮންލައިން