އަރަބި ކޯލިޝަނުން ހުށަހަޙާފައިވާ ބައެއް ކަމަކީ ވުޖޫދުގައި ނެތް މައްސަލަތަކެއް: ޤަތަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އަރަބި ކޯލިޝަނުން ހުށަހަޙާފައިވާ ބައެއް ކަމަކީ ވުޖޫދުގައި ނެތް މައްސަލަތަކެއް: ޤަތަރު
ޢަރަބި ކޯލިޝަނުން ޤަތަރަށް ކުރަން ހުށަހަޅާފައިވާ 13 ކަންތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ ވުޖޫދުގައި ނެތް ކަންތައްތަކަކަށްވާތީ އެކަންތައްތަކަށް އަމަލުކުރެވެން ނެތް ކަމަށް ޤަތަރުން ބުނެފިއެވެ.

ޤަތަރުގެ ޚާރިޖީވަޒީރު ވިދާޅުވީ އައިއެސްއާއި އަދި ލެބަނަންެގެ ހިޒްބުﷲ އާއި ޤަތަރާއިމެދު އެއްވެސް ގުޅުމެއް މިހާރު ނެތް ކަމަށެވެ. އަދި އީރާނުގެ ރިވޮލިޔުޝަނަރީ ގާޑަކު ޤަތަރުގައި މިހާރު ނެތް ކަމަށެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ ޤަތަރަށް ކުރެވެން ނެތް ކަންކަމަށް މަޝްވަރާ ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ޤަތަރަށް ކުރެވިދާނެ ކަންކަމާއިމެދު މަޝްވަރާ ކުރެވިދާނެ ކަމަށެވެ. ނަމަވެސް ޤަތަރުގެ މިނިވަންކަމާއި އިސްތިޤްލާލަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.

ޤަތަރުގެ ޑިފެންސް މިނިސްޓަރު މިއަދު ތުރުކީއަށް ވަޑައިގަންނަވާނެއެވެ. އެއީ އަރަބި ޤައުމުތަކުން ހުށަހަޅާފައިވާ މިލިޓަރީ ބޭސް ބަންދުކުރުމުގެ މައްސަލައިގައި މަޝްވަރާކުރެއްވުމަށެވެ.
މިއަދު އޮންލައިން