ސީރިޔާގެ ހަލްބުގެ ސަރަހައްދުތަކުން އައިއެސްގެ ހަނގުރާމަވެރިން މިހާރު ފައިބައިފި ކަމަށް އދ އިން ބުނެފިއެވެ.
އދ އިން ބުނެފައިވަނީ ހަލްބުގެ 17 އަވަށަކުން އައިއެސްގެ ހަނގުރާމަވެރިން މިހާރު ފައިބައިފި ކަމަށެވެ. އަދި އަހަރުތަކަކަށްފަހު އެ ސަރަހައްދުތައް އަމާންވެފައިވާ ކަމަށެވެ.
ޚަބަރުތައް ބުނާ ގޮތުން އައިއެސްގެ އެންމެ ބާރު ގަދަ ރައްޤާ ވެސް މިހާރު ވަނީ އެމެރިކާގެ އެހީތެރިކަމާއިއެކު ހަނގުރާމަކުރަމުން ގެންދާ ހަނގުރާމަވެރިން ވަށާލައިފައެވެ. އެހެންކަމުން އައިއެސްގެ ހަނގުރާމަވެރިންނަށް މިހާރު ވަނީ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ.
އދ އިން ބުނެފައިވަނީ އައިސްގެ ކިބައިން މިނިވަން ކުރެވިފައިވާ ސަރަހައްދުތަކުގެ ރައްޔިތުންގެ ތެރެއިން 500،000 ވަރަކަށް ރައްޔިތުން މިހާރު އެނބުރި އެމީހުން ދިރިއުޅުނު ސަރަހައްދުތަކަށް ގޮސްފައިވާ ކަމަށެވެ.
މިފަދަ މީހުން އެނބުރި ދިއަ ނަމަވެސް އެމީހުންނަސް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދިރިއުޅޭނެ ގެދޮރު ނެތުމެވެ. ހަމަލާތަކުގައި ގެދޮރު ހަލާކުވެފައިވުމެވެ.