ރައްޤާގަ އައިއެސްގެ ހަނގުރާމަވެރިން ކުރި ހޯދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ރައްޤާގަ އައިއެސްގެ ހަނގުރާމަވެރިން ކުރި ހޯދައިފި
އައިއެސްގެ ހަނގުރާމަވެރިންނަށް އެންމެ މުހިންމު ސަރަހައްދު، ރައްޤާގައި އެމެރިކާގެ އެހީތެރިކަމާއެކު އިދިކޮޅު ހަނގުރާމވެރިން ހަމަލާތައް ދެމުން ގެންދަނިކޮށް އެމީހުންގެ މައްޗަށް އައިއެސް އިން ކުރި ހޯދައިފިއެވެ.

މޮނިޓަރުން ބުނާގޮތުގައި އައިއެސްއިން މިއަދު ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ހޮހޮޅަތަކުންނާއި ޖާނުން ފިދާވެގެން އަދި ޑްރޯން ބޭނުންކޮށްގެންވެސް ވަނީ ހަމަލާތައް ދީފައެވެ. އަދި މިހަމަލާތަކުގެ ސަބަބުން އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށް އައިއެސް އިން ކުރި ހޯދައި ވަނީ ފަހަތަށް ޖައްސުވައިފައެވެ.

ރައްޤާ އިން އައިއެސް ފައްސައިލުމަށް ގުޅިފައިވާ ލަޝްކަރުން އެމެރިކާގެ އެހީތެރިކަމާއެކު ގެންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ރައްޤާގެ ބޮޑު ސަރަހައްދެއް މިހާރު ވަނީ ވަށާލެވިފައިކަމަށް އެމެރިކާއިން އިއްޔެ ވަނީ ބުނެފައެވެ.
މިއަދު އޮންލައިން