ހޮންގކޮންގގެ ޗީފް އެގްޒެކަޓިވްއަކަށް ލާމް ޗެންގ ޓްއެންގޮރ އައްޔަނުކޮށް އެކަމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު ހެނދުނު ހޮންގކޮންގގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޒީ ޖިންގޕިންގ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ލާމް ވިދާޅުވީ ހޮންގކޮންގގެ މުސްތަޤްބަލަށްޓަކައި ކުރެއްވެން ހުރި ކޮންމެ މަސައްކަތެއްވެސް ކުރައްވަމުން ގެންދަވާނީ ޤައުމަށް އެންމެ ފައިދާހުރި ގޮތުގައި ކަމަށެވެ.
ޗައިނާ ހިންގަނީ ސޯޝަލިޒަމްގެ އުޞޫލުތަކަށް ނަމަވެސް ހޮންގކޮންގގެ ކަންކަން ކުރިއަށް ގެންދެވޭނީ ޗައިނާއިން ކަނޑައަޅާފައިވާ ގޮތަށް ކެޕިޓަލިޒަމްގެ އުޞޫލުތަކަށް ކަމަށްވެސް ލާމް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހޮންގކޮންގގެ 5 ވަނަ ސަރުކާރުގެ ވެރިން ވެސް ވަނީ ޤާނޫނީ ހުވާކޮށްފައެވެ.