މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރަން ރަސިއާއިން ޤަތަރަށް ގޮވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރަން ރަސިއާއިން ޤަތަރަށް ގޮވާލައިފި
އަރަބި ޤައުމުތަކާއި ޤަތަރާއިމެދު މިހާރު އުފެދިފައިވާ މައްސަލަތައް މަޝްވަރާކޮށް ޑިޕޮލޮމަސީގެ ބޭނުންކޮށްގެން ހައްލުކުރުމަށް ރަސިއާ އިން ޤަތަރަށް ގޮވާލައިފިއެވެ.

ރަސިއާގެ ރައީސް ޕުޓިން ޤަތަރު އަމީރަށް ފޯނުން ގުޅުއްވައި ވިދާޅުވީ އަރަބި ޤައުމުތަކުގެ ކަންބޮޑުވުންތައް އެއީ ވުޖޫދުގައި ނެތް ކަންތައްތަކަކަށް ހަދަން މަސައްކަތްކުރުމުގެ ބަދަލުގައި ދެފަރާތުން މަޝްވަރާކުރުން މުހިންމު ކަމަށެވެ.

ޕުޓިން ވަނީ ބަހްރައިންގެ އަމީރަށް ވެސް ގުޅުއްވައި މިމޭރުމުން ވާހަކަފުޅު ދައްކަވައިފައެވެ.

ޤަތަރުން މިހާރު ބުނަނީ އަރަބި ޤައުމުތަކުން ހުށަހެޅި 13 ކަމުގެތެރޭގައި ހުރި ގިނަ މައްސަލަތަކަކީ ވުޖޫދުގައި ނެތް މައްސަލަތަކެއް ކަމަށެވެ. އަދި 13 ޑިމާންޑަށް މަޝްވަރާކުރަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އަރަބި ޤައުމުތަކާއިއެކު މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަށެވެ.
މިއަދު އޮންލައިން