ތިން އަހަރުކުރިން ހަދާފައިވާ ރާއްޖޭގެ އަންހެނުންގެ ޤައުމީ ހާފް މެރެތަން ރެކޯޑް މުގުރާލައިފިއެވެ.
މި ރެކޯޑު މުގުރާލީ ކަސްރަތުއިންސްޓްރަކްޓަރ މަރިޔަމް އަބްދުލްކަރީމް (މަރީ) އެވެ.
އޭނާ މި ރެކޯޑު މުގުރާލީ އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރެތަންގައިމިއަދުދުވެ، 1 ގަޑި 34 މިނެޓު 48 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ޢުމުރުން 41 އަހަރުގެ މަރީވަނީމިދިޔަ އަހަރުގެ ދިރާގު ރޯޑްރޭހުގައި 44:18 މިނެޓުން އޭނާ ހެދި 10 ކިލޯމީޓަރ ދުވުމުގެ ރެކޯޑުވެސް އާކޮށްފައެވެ. އޭނާ މި ރެކޯޑް އައުކުރީ މިއަދުގެ ހާފްމެރެތަން ރޭހުގައި 44:07 މިނެޓުން10 ކިލޯމީޓަރުގެ ރާސްތާ ކަޑައްތުކޮށްގެންނެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ހާފް މެރެތަންއިވެންޓެއް ނަމަވެސް ވަކިވަކި ރާސްތާތަކުގެ ރަސްމީ ޓައިމިން ލިބިފައިވާތީ،މި އިވެންޓުގައި މަރީ ހެދި 10 ކިލޯމީޓަރުގެ ރެކޯޑްވެސް ގަބޫލުކުރާކަމަށެވެ.
މަރީ ދުވުމުގެ ތެރެއަށް ނުކުމެފައިވަނީ ކުރީގެ އެއްވަނަ ދުވުންތެރިޔާ ނަސީރުއިސްމާއިލްގެ ރަނަރސް މޯލްޑިވްސްގެ ތެރެއިންނެވެ. ނަމަވެސް އޭނާ މިހާރު ތަމްރީނު ހަދަމުންދަނީ ޑރ. ޙުސައިން ޙަލީމް (ކުޑަ ހުސައިން)ގެ އިރުޝާދުގެ ދަށުންނެވެ.
ހީޓް ހެލްތު އެންޑް ފިޓްނަސްގެ ފުލް ޓައިމް ކަސްރަތުއިންސްޓްރަކްޓެއްގެ ވަޒީފާ އަދާކުރަމުން އަންނަ މަރީ ވަނީ 2015 ވަނަ އަހަރު ފުރަތަމަފަހަރަށް ޤައުމީ ކަސްރަތު މުބާރާތުގައި ވާދަކޮށް 5000 މީޓަރު ދުވުމުންނާއި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. އަދި މިދިޔަ އަހަރުގެ ޤައުމީމުބާރާތުގައި ވާދަކޮށް ތިން ރަން މެޑަލާ އެކު އެންމެ މޮޅު އެތުލީޓުގެއެވޯޑުވެސް ހޯދާފައެވެ.