ގަދަހިފުމަކަށްފަހު، މިއަހަރުގެ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ޓީނޭޖުން ހޯދައިފި

ކިޔުމަށް ހޭދަވާނީ 57ސ
ގަދަހިފުމަކަށްފަހު، މިއަހަރުގެ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ޓީނޭޖުން ހޯދައިފި
ގަދަހިފުމަކަށްފަހު، މިއަހަރުގެ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ޓީނޭޖުން ހޯދައިފިއެވެ.

ޓީނޭޖުން ޗެމްޕިއަންކަން ހޯދީ ރޭކުޅުނު ފައިނަލު މެޗުގައި އޮޔެހާ ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ. މި މެޗުގައި ގަދަ ހިފުމަކަށް ދިޔައީ ފުރަތަމަ ކުޅުނު ދެ ގޭމް އެއްވަރުވުމުންނެވެ.

މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޓީނޭޖުގެ ހުސައިން ރަޝީދެވެ. މިސްޓަރ ބައިބަލާގެ މަޤާމު މިއަހަރުވެސް ހޯދީ ފައިބެއަހަރުވެސް އެމަޤާމު ހޯދި އޮޔެހާގެ އަސްލަމް ވަހީދެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ޓީނޭޖުގެ ހުސައިން ރަޝީދާއި އަހްމަދު މުހައްމަދާއި އޮޔެހާގެ އަބްދުﷲ ޝާފިއު އާއި ކްލަބު ޒެފްރޯލްގެ އިބްރާހިމް ޝަދޫން އަދި ހުޅުމާލެ ސްޕޯޓްސް ކްލަބްގެ އަފްޝީން ހާޝިމެވެ.

އެންމެ މޮޅު ކޯޗުގެ މަޤާމަށް ޓީނޭޖުގެ ކޯޗް ފަޒްލަތު އިބްރާހީމް ހޮވުނުއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ޕަންކް ދި ނެކްސްޓް ލެވެލްގެ އިބްރާހީމް ނިހާނެވެ. އަދި މުބާރާތުގެ ފެއާރޕްލޭ ޓީމަކަށް ހޮވުނީ ކްލަބް ޒެފްރޯލެވެ.

މިއަދު އޮންލައިން