ނައިކީ އިން ފަރުމާކުރި ޗެލްސީގެ އައު ޖާރޒީ ކިޓް ދައްކާލައިފި
އަންނަ ފުޓްބޯޅަ ސީޒަނަށް އިނގިރޭސި ޗެމްޕިއަން ޗެލްސީ ބޭނުން ކުރާނެ އާ ޖާރޒީ ކިޓް ތައް ދައްކާލައިފިއެވެ.
ޗެލްސީން އަންނަ ފުޓްބޯޅަ ސީޒަނަށް ބޭނުން ކުރާނެ އާ ޖާރޒީ ސެޓް ރަސްމީކޮށް ދައްކާލާފައިވާއިރު މި ޖާޒީ ސެޓް ފަރުމާކޮށްފައިވަނީ ނައިކީ ކުންފުނިންނެވެ.
ކުރިން އެގްރީމެންޓް އޮތް އެޑީޑަސް ދޫކޮށް ނައިކީ އާއި އެކު ޗެލްސީއިން މިއަހަރު އެގްރީމަންޓު ހަދާފައިވާއިރު އެޓީމު ބޭނުންކުރާނޭ ހޯމް އަދި އަވޭ ޖާޒީ ސެޓްވެސް ފަރުމާކޮސްފައިވަނީ ނައިކީންނެވެ.
މީގެ ކުރިން އެޑީޑަސް އިން ޗެލްސީގެ ޖާޒީތައް ފަރުމާކުރަމުން އައި ކަމުގައި ވީނަމަވެސް ނައިކީ އިން ވަނީ 30 މިލިއަން ޕައުންޑުގެ ހުށަހެޅުމަކާއި އެކު އެކްލަބުގެ ސްޕޯންސާރޝިޕް ހޯދާފައެވެ.
ކުރިއަށް އޮތް ސީޒަނުގައި ޗެލްސީ އިން ބޭނުން ކުރާ ހޯމް ކިޓު މުޅިން ނޫކުލައިން ޑިޒައިން ކޮށްފައިވާއިރު ޖާޒީގެ މޭމަތީގައި "ޓެކްސްޗާއެއް" ފަރުމާކުރެވިފައިވެއެވެ. ކުރިއަށް އޮތް ސީޒަނުގައި ވެސް ޗެލްސީގެ ޖާޒީ އިން ފެނިގެންދާނީ ޔޮކޮހަމާ ޓަޔާސްގެ ލޯގޯއެވެ.
ޗެލްސީ އިން ރަސްމީކޮށް ދައްކާލާފައިވާ އަވޭ ޖާޒީ ކިޓު ޑިޒައިން ކޮށްފައިވަނީ ހުދުކުލައިންނެވެ. އެ ޖާޒީގެ އަރިމަތީގައި ނޫ ކުލައިގެން ރޮނގުތަކެއް ފެނިގެން ދެއެވެ. މިދިޔަ ސީޒަނުގައ ޗެލްސީއިން ބޭނުން ކޮށްފައިވަނީ ކަޅު ކުލައިގެ އަވޭ ޖާޒީއެކެވެ.
ޗެލްސީން ދައްކާލާފައިވާ ހޯމް އަވޭ ކިޓްގެ ޖާރޒިތައް 60 ޕައުންޑުގެ އަގަކަށް ނައިކީ ސްޓޯރުންނާއި ޗެލްސީގެ ވެބްސްޓޯ މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެކްލަބުން ވަނީ ބުނެފައެވެ.
ނިމިގެން ދިޔަ އަހަރު އިނގިރޭސި ޕްރިމިއާލީގު ޗެމްޕިއަން ޓީމަކީވެސް ޗެލްސީއެވެ.