މެޑަމް ކަޕްގެ ޗެމްޕިއަންކަން އެފްސީ ވާލި ޓީމުން ހޯދައިފި
މެޑަމް ކަޕް 2017ގެ ނަމުގައި ގއ. ކޮލަމާފުށިގައި ބޭއްވިފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަންއެފްސީ ވާލި ޓީމުން ހޯދައިފިއެވެ.
އެފްސީ ކޮމިޓީއާއި އެފްސީ ވާގަލި ކުޅުނު ފޯރިގަދަފައިނަލް މެޗުގެ ފުރިހަމަ ވަގުތުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވުމުން މި މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީޝޫޓް އައުޓުގައި ވާގަލި ކުރިހޯދީ 4-3 ލަނޑުންނެވެ.
މުބާރާތުގެފައިނަލް މެޗަށް ފަހު، ޗެމްޕިއަން ޓީމަށް ޓްރޮފީއާއި ފައިސާގެ އިނާމާއި ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމާއި މެޑައްޔާއި ހަނދާނީ ލިޔުންޙަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާން ޝުއާއުﷲ ސައީދެވެ.
ފިތުރު ޢީދާ ގުޅުވައިގެން ބޭއްވި މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއްދީފައިވާއިރު، ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއްދީފައިވެއެވެ.މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވުނީ އެފްސީ އެރީކެޓީ ފޭބީ އެވެ. އަދި ފެއަރޕްލޭ ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ކޮމިޓީގެއަބްދުލް ނާސިރެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރީން:
ވިޝާމް ހަސަން - އެފްސީ ވާގަލި
ޝައްފާން - އެފްސީ ވާގަލި
މުޚްލިސް ނަޖީބު - އެފްސީ ވާގަލި
އަބްދުﷲ ނާސިރު - އެފްސީ ކޮމިޓީ
ޙުސައިން - އެފްސީ ކޮމިޓީ
ހުޒައިފަތު - އެފްސީ ޔަގީން
ގއ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގޮތުގައި ކުރިއަށްގެންދިޔަ މި ފުޓްސަލް މުބާރާތަކީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންމެޑަމް ފާތިމަތު އިބްރާހީމްގެ އެހީތެރިކަމާއެކު ކޮލަމާ ޖަމިއްޔާއިންއިންތިޒާމްކޮށްގެން ބޭއްވި މުބާރާތެކެވެ.