ފުލުހުންނާއި ހިންނަވަރު ޒުވާނުންގެ މަރުކަޒު ގުޅިގެން ވެޓަރެންސް ފުޓްސަލް މުބާރާތެއް ބާއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ފުލުހުންނާއި ހިންނަވަރު ޒުވާނުންގެ މަރުކަޒު ގުޅިގެން ވެޓަރެންސް ފުޓްސަލް މުބާރާތެއް ބާއްވައިފި
ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ހިންނަވަރު ޒުވާނުންގެ މަރުކަޒު ގުޅިގެން ” ޖޭއެފްއެމް ހިންނަވަރު ވެޓަރެންސް ފުޓްސަލް ޗެލެންޖް” ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވައިފިއެވެ.

މިދިޔަ ޖޫން މަހުގެ 26 ން 30 އަށް ހިންވަރުގައި ބޭއްވި މި މުބާރާތުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
މުބާރާތުގައި ފައިނަލުގައި ވާދަކޮށްފައިވަނީ ޓޯރާ ބޯރާ އާއި މަ ބުންޏޯ 30 އެވެ. ފައިނަލު މެޗު ވާދަވެރި ކުޅުމަކަށްފަހު 6-5 ގެ ނަތީޖާކުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މަބުންޏޯ 30 އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ މަބުންޏޯ 30 ގެ ކީޕަރު ޢަބަދުﷲ ޙަސަންއެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ މަބުންޏޯ 30 ގެ ޛާމިދު ނަޒީމް އިބްރާހީމްއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވާފައިވާއިރު މި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މަބުންޏޯ 30 ގެ ޙާމިދު ނަޒީމް އިބްރާހީމް އާއި ތަމްޒީމް އިބްރާހީމް އާއި ޢަބްދުﷲ ޙަސަން އާއި ޓޯރާ ބޯރާ ޓީމްގެ ޝާހިދު ޢީސާފުޅު އަދި މުޙައްމަދު އިމާދު ޢަބްދުލް ޙަމީދުއެވެ. މުބާރާތުގައި ކުޅުނު ދުވަސްވީ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔަކަށް ބުންޏޭ ބުންޏޭ ޓީމުގެ އިބްރާހީމް އާދަމް ހޮވުނުއިރު މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ދި އެސް އެފްސީއެވެ.

ހިންވަރުގައި ބޭއްވި ޖޭއެފްއެމް ހިންނަވަރު ވެޓަރެންސް ފުޓްސަލް ޗެލެންޖަކީ އުމުރުން ދުވަސްވީ ބޭފުޅުން ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އަރަމުން އަންނަ ޒުވާން ހުނަރުވެރި ކުޅުންތެރިންނަށް އެފަދަ ބޭފުޅުންގެ ކުޅިވަރުގެ އަހުލާޤާއި ތަޖުރިބާ ބޭނުން ހިފުމުގެ ފުރުޞަތު ތަނަވަސްކޮށްދީ ދޮށީ އުމުރު ފުރައިގެ ބޭފުޅުންނަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމުގެ މަޤުޞަދުގައި ހިންނަވަރު ޒުވާނުންގެ މަރުކަޒުން އިސްނަގައިގެން ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ގުޅިގެން ބޭއްވި މުބާރާތެކެވެ.

ޙަބަރު ޕިިޮލިސް
މިއަދު އޮންލައިން