ކުޑަކުދިންނަށް ސްމާޓް ފޯނާއި އައިޕޭޑް ފަދަ ތަކެތި ދިނުމުން އެކުދިންގެ ލޯ އަވަހަށް އަނދިރިވާ ކަމަށާއި ހަނދާންނެތޭ ބަލި ފަދަ ބަލިތައް ޖެހޭކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ދިރާސާގައި ބުނެފައިވަނީ ބައެއް ބެލެނިވެރިން ތަފާތު ސަބަބުތަކާއިހުރެ އުމުރުން 4 ވަރަކަށް އަހަރުގެ ކުދިންނަށް ވެސް އެފަދަ ތަކެތި ދޭ ކަމަށެވެ.
އެތަކެއްޗަށް ކުދިން ހޭނި ގިނަ ވަގުތުތައް އެތަކެއްޗާއިއެކު ހޭދަކުރަންފެށުމުން ކުދިންގެ ލޮލަށާއި ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށެވެ.
ޑރ. ޔަޢުޤޫބް ހައްދާދް ވިދާޅުވީ ތުއްތު އިރު އެފަދަ ތަކެތި ދިނުމުން ކުދިން އެފަދަ ތަކެއްޗަށް އަހުލުވެރިވެ އެތަކެއްޗާއި ނުލައި ނުއުޅެވޭ ހިސާބަށް ކަންތައްތައް ދާ ކަމަށެވެ. އަދި ބައެއް ބެލެނިވެރިންނަށް އެ ހާލަތު ވިސްނެނީ މާ ލަހުން ކަމަށާއި ވިސްނިގެން ބަލާއިއރު ފަރުވާދޭންޖެހޭ ހާލަތަށް ކުދިންގެ ކަންތައްތައް ގޮސްފައި ހުންނަ ކަމަށެވެ.