އަންހެނެއްގެ ބަނޑުން 17.5 ކިލޯގެ ޓިޔުމަރެއް ނަގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އަންހެނެއްގެ ބަނޑުން 17.5 ކިލޯގެ ޓިޔުމަރެއް ނަގައިފި
އުމުރުން 40 ގެ ތެރޭގައި އުޅޭ އަންހެނެއްގެ ބަނޑުން 17.5 ކިލޯ ބަރުދަން ހުރި ޓިޔުމަރެއް ނަގައިފިއެވެ. އެއީ ޞިއްޙަތު ރަނގަޅު 6 ކުދިންގެ ބަރުދަނެވެ.

ދުބާއީގެ ލަޠީފާ ހޮސްޕިޓަލުގައި މި އޮޕަރޭޝަންކުރި ޑޮކްޓަރުން ބުނެފައިވަނީ ޓިޔުމަރު ނެގީ ޔޫއޭއީ އަންހެނެއްގެ ބަނޑުން ކަމަށާއި އޮޕަރެޝަން ކާމިޔާބު ކަމަށެވެ.

ޑރ. ޢާމާލް ވިދާޅުވީ މިއީ އާދައާއި ޚިލާފަށް ބޮޑު އޮޕަރޭޝަނެއް ކަމަށާއި ދުނިޔޭގެ ފެންވަރުގައި ބެލިނަމަވެސް ވަރަށް މަދުން ނޫނީ ދިމާނުވާފަދަ ކަމެއް ކަމަށެވެ. "އޮޕަރޭޝަން ވަނީ ކާމިޔާބުކުރެވިފަ. ޓިޔުމަރގެ އުނދަގޫ ފޯރީ ހަމައެކަނި ބަނޑަކަށް ނޫން. މުޅި ހަށިގަނޑަށް. އޭނާގެ ހާލަތު ވަނީ މަރާއި ކައިރިކޮށްފަ." ކަމަށްވެސް ޑރ. ޢާމާލް ވިދާޅުވިއެވެ.

ޑރ. ޢާމާލް ވިދާޅުވީ އިންތިހާއަށް ބަނޑުގައި ރިއްސާތީ ހުކުރު ދުވަހު އޭނާ އެޑްމިޓްކުރިއިރު ހިތުގެ ވިންދު ވަނީ އަވަސްވެފައިކަމަށާއި ހިޔުމޮގްލޯބިން ވަނީ 7 އަށް ދަށްވެފައި ކަމަށެވެ. އޮޕަރޝަން 3 ގަޑިއިރަށް ދިގުލައި ދިއަ ކަމަށްވެސް އާމާލް ވިދާޅުވިއެވެ.
މިއަދު އޮންލައިން