ކައިވެނިކޮށްގެން ހުރި 4 ދަރިންގެ ބައްޕައަކު އަލަތު ކައިވެންޏަށް ގެ ނިންމުމަށް ކަމަށް ބުނެ ދުބާއީގެ އަންހެނެއްގެ އަތުން 300،000 ދިރުހަމް މަކަރާއި ހީލަތުން ހޯދައިފިއެވެ.
ފައިސާ ދިން އަންހެން މީހާ ކޯޓުގައި ބުނީ ދެމީހުން ގުޅުނީ ސޯޝަލް މީޑިއާއިން ކަމަށާއި ގުޅިގެން ދުވަސްކޮޅަކު އުޅުމަށްފަހު ފައިސާއަށް އެދުމުން ކައިވެނި އަވަސްކުރުމުގެ ބޭނުމުގައި ފައިސާ ދިނީ ކަމަށެވެ.
"އޭނާ ބުނަމުން އައީ އޭނާ އަކީ ކައިވެނި ނުކޮށް ހުރި މީހެއް ކަމަށް. އަދި 300،000 ދިރުހަމް ދީފި ނަމަ އިމަރާތްކުރަމުން ގެންދާ ގޭގެ މަސައްކަތް އަވަހަށް ނިންމިދާނެކަމަށް. ގޭގެ މަސައްކަތް ނިމުމާއިއެކު ކައިވެނިކުރާނެ ކަމަށް."
އޭނާ ބުނީ ފައިސާ ދިނުމުން ގޭގެ މަސައްކަތް ނިންމަން ބުނި މުއްދަތު ފާއިތުވެ ދިއުމުން ސުވާލުކުރަން ފެށުމުން ދައްކާ ވާހަކަ ދިމާނުވާތީ ހަޤީޤަތް އޮޅުންފިލުވީ ކަމަށެވެ. "ފައިސާ ދިނީ ވެސް އަނބުރައި ދޭ ގޮތަށް. ފައިސާ އަނބުރައި ދިނުމަށް އެދުމުން ފައިސާ ނުދީ މަކަރު ހަދަނީ. އެހެންވެ ކޯޓަށް ހުށަހެޅީ." އޭނާ ބުނެފައިވެއެވެ.
ރާއްޖޭގައި ވެސް މިފަދަ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.