ހިކުމަށާއި ޖިންސީ ގުޅުން ވަރުގަދަކުރާ ގިނަ ބޭސްތަކެއް މަނާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ހިކުމަށާއި ޖިންސީ ގުޅުން ވަރުގަދަކުރާ ގިނަ ބޭސްތަކެއް މަނާކޮށްފި
ހިކުމަށާއި ޖިންސީ ގުޅުން ވަރުގަދަކުރުމުގެ ނަމުގައި ބޭނުންކުރާ ގިނަ ބޭސްތަކެއް ޔޫއޭއީގައި މަނާކޮށްފިއެވެ.

ހެލްތް މިނިސްޓްރީން 11 ވައްތަރެއްގެ ބޭސް މުޅިން މަނާކުރީ އެތަކެތި ބޭނުންކުރުމުން އެއްވެސް ހަޤީޤީ ފައިދާއެއް ނުކުރާނެތީ އާއި އެތަކެތި ބޭނުންކުރުމުން ބޮޑެތި ގެއްލުންތައް ޞިއްޙަތަށް ލިބޭތީ ކަމަށެވެ.

ޑރ. އަމީން ޙުސައިން އަލްއަމީރީ ވިދާޅުވީ ބައެއް ކުންފުނިތަކުން އުފައްދައި މީހުންގެ ސަމާލުކަން ދަމަިއިގަނެވޭފަދަ ނަންތަކުގައި ބާޒާރަށް ނެރެނީ ކުއްލިއަކަށް ބޮޑު ފައިދާއެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

ޑރ. އަމީން ވިދާޅުވީ ޞިއްޙީ ގޮތުން ފައިދާކުރާނެ ބޭސްތައް ޑޮކްޓަރުންނަށް އެނގޭނެ ކަމަށާއި ޑޮކްޓަރުންނަށް ނުއެނގި ފައިދާހުރި ބޭހެއް ނުއުފައްދާނެ ކަމަށެވެ. ފައިދާހުރި ކޮންމެ ބޭހެއްވެސް އުފައްދަނީ ޑޮކްޓަރުންގެ މެދުގައި އެބޭހަކަށް އެއްބަސްވެގެން ކަމަށާއި އެގޮތަށް އުފައްދާ ބޭސްތައް ޑޮކްޓަރުންނަށް އެނގޭނެ ކަމަށެވެ.

ޑރ. އަމީން ވިދާޅުވީ ތަފާތު ނަންނަމުގައި އުފައްދާ ގޮތް ނުއެނގޭ ބޭސްތައް ބޭނުންކުރުމުން ކުރިމަތިވާ މައްސަލަތައް ވަރަށް ގިނަ ކަމަށެވެ. ޚާއްޞަކޮށް ހަކުރު ބައްޔާއި ހިތުގެ ބަލިތައް ފަދަ ބަލިތަކުގައި އުޅޭ މީހުން ގޮތް ނުއެނގޭ ބޭސްތައް ބޭނުންކުރުމުން ބައެއް ހާލަތްތަކުގައި ފުރާނައަށްވެސް ނުރައްކާވމުން އަންނަ ކަމަށެވެ.
މިއަދު އޮންލައިން