15 އަހަރުގެ ފިރިހެންކުއްޖަކު 73 އަހަރުގެ އަންހެނަކާ ލޯބިން ކައިވެނިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
15 އަހަރުގެ ފިރިހެންކުއްޖަކު 73 އަހަރުގެ އަންހެނަކާ ލޯބިން ކައިވެނިކޮށްފި
15 އަހަރުގެ ފިރިހެން ކުއްޖަކު 73 އަހަރުގެ އަންހެނަކާ ލޯބިން ކައިވެނިކޮށްފިއެވެ.

އިންޑޮނޭސިއާގެ ސުމަޓްރާގައި ކުރެވުނު މި ކައިވެނީގެ މައްސަލަ ފެންމަތިވުމުން ކައިވެނިކޮށްދިން މައުޒޫން ބުނީ ކައިވެނިކޮށްދިނީ ކައިވެނިކޮށްނުދީފިނަމަ ފިރިހެނކުއްޖާ ދަންޖެހި މަރުވާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.

ފިރިހެން ކުއްޖާގެ ބައްޕަ ވަނީ އޭނާ ވަރަށް ކުޑައިރު މަރުވެފައެވެ. މަންމަ އިތުރު ދެކައިވެނިކޮށްފައިވާއިރު ބައްޕަ މަރުވުމުން ދަރިފުޅާއި މަންމަ އަޅާލައިފައެއް ނުވެއެވެ. ބެލެވޭގޮތުން ކުއްޖާގެ ބޭނުންތައް ފުއްދައިދީ އެހީތެރިވީ މި އަންހެން މީހާއެވެ.

މީޑިއާގެ ކުރިމަތީގައި ދެމީހުން ވެސް ބުނެފައިވަނީ އެކަކު އަނެކަކު ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި އެހެން ބައަކު މި ކައިވެންޏާއި ނުބެހުމަށް އެދޭ ކަމަށެވެ.
މިއަދު އޮންލައިން