ސިނާއީގެ އައިއެސްގެ މީހުން މިޞުރު ސިފައިންގެ 27 މީހުން މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 24ސ
ސިނާއީގެ އައިއެސްގެ މީހުން މިޞުރު ސިފައިންގެ 27 މީހުން މަރާލައިފި
މިޞުރުގެ ސިނާޢީގައި އައިއެސްގެ ހަނގުރާމަވެރިން ދިން ހަމަލާތަކެއްގައި މިޞުރުގެ ސިފައިންގެ 27 މީހަކު މަރާލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މި މީހުން މަރާލީ މިއަދު ހެނދުނުއެވެ.

ރިޕޯޓްތައް ބުނާ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ސިނާޢީގެ އުތުރު ސަރަހައްދުތަކުގައި އައިއެސްގެ ހަނގުރާމަވެރިން ގެންދަނީ މިފަދަ ހަމަލާތައް ދެމުންނެވެ. އެ ސަރަހައްދުން އައިއެސްގެ ބާރުތައް ބޭރުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ކުރިއެރުން ނުލިބޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މިއަދު އޮންލައިން