ސައުދިއަރަބިޔާގެ ޤާޠިފްގައި ޕެޓްރޯލް ކުރަމުން ދިއަ ފުލުހުންގެ ބައަކަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއެއްގައި ފުލުހަކު މަރުވެ 6 މީހުން ޒަހަމްވެއްޖެއެވެ.
ބުރާސްފަތި ދުވަހު ދިން މިހަމަލާއަކީ އެއް ހަފްތާ ތެރޭގައި އެ ސަރަހައްދުގައި ދިން ބޮމުގެ 2 ވަނަ ޙަމަލާއެވެ. އަންގާރަ ދުވަހު ދިން ބޮމުގެ ހަމަލާއެއްގައި ފުލުހަކު މަރުވެ 3 ފުލުހުން ވަނީ ޒަޚަމްވެފައެވެ.
ސައުދީގެ އަވަށްތަކަށް ބަލައިފިނަމަ އެންމެ ގިނަ އަދަދެއްގެ ޓެރަރިސްޓް ހަމަލާތައް ދެވެނީ ޤާޠިފްގައެވެ. އެކަން ހުއްޓުވުމަށްޓަކައި ފުލުހުންނާއި ސިފައިން ގެންދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.