ގުއަންޓަނަމޯބޭ ޖަލުގެ އެންމެ ހަގު ގައިދީއަށް ކެނެޑާއިން 8.1 މިލިއަން ޑޮލަރުގެ ބަދަލެއް ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ގުއަންޓަނަމޯބޭ ޖަލުގެ އެންމެ ހަގު ގައިދީއަށް ކެނެޑާއިން 8.1 މިލިއަން ޑޮލަރުގެ ބަދަލެއް ދީފި
ގުއަންޓަނަމޯބޭ ޖަލުގައި އެތައް އަހަރެއް ވަންދެން ހޭދަކުރި އެޖަލުގެ އެންމެ ޒުވާން ޤައިދީއަށް ކެނެޑާއިން 8.1 މިލިއަން ޑޮލަރުގެ ބަދަލެއް ކެނެޑާއިން ދީފިއެވެ.

ޢުމަރު ޚާދަރު އެމެރިކާ ސިފައިން ހައްޔަރުކުރީ އޭނާގެ އުމުރުން 15 އަހަރުގައި އަފްގާނިސްތާނުންނެވެ. އެމެރިކާގެ މީޑިއާ ބައަކަށް ދިން ހަމަލާތަކާއި ގުޅިގެން ކަމަށް ބުނެއެވެ.

އޭނާ މިނިވަންވީ 2012 ވަނަ އަހަރުއެވެ. އޭނާއަށް ބަދަލު ދޭންޖެހޭކަމަށް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުއެވެ.

ކެނެޑާ ސަރުކާރުން ފައިސާގެ ޗެކް އިއްޔެ އޭނާ އާއި ހަވާލުކުރުމުން ވަނީ ވަގުތުން ޗެކަށް ފައިސާ ނަގާފައެވެ. ބެލެވޭ ގޮތުން ކެނެޑާއިން މި ފައިސާ އޭނާއަށް ދިނީ މި މައްސަލައިގެ ޝަރީއަތް އެމެރިކާގެ ކޯޓަކުން ކޮށްފާނެ ކަމުގެ ބިރަށެވެ.
މިއަދު އޮންލައިން