4426 އާއިއެކު "ބޮސް" ގެ އޮފިޝަލް ޓީޒަރ ލޯންޗް ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 20ސ
 4426 އާއިއެކު "ބޮސް" ގެ އޮފިޝަލް ޓީޒަރ ލޯންޗް ކޮށްފި
ކްރިސްޓަލް އެންޓަރޓެއިންމެންޓްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ "ބޮސް" ގެ އޮފިޝަލް ޓީޒަރ މިރޭ ލޯންޗް ކޮށްފިއެވެ.

މިދިޔަ އަހަރު އެފިލްމަކަށް ގިނަ ބައެއްގެ ތަރުޙީބު ލިބުން އެއް ފިލްމު ކަމަށްވާ 4426، އޮލިމްޕަސް ސްކްރީންގައި އަލުން އެޅުވުމުގެ ކުރިން "ބޮސް" ގެ އޮފިޝަލް ޓީޒަރ ވަނީ ލޯންޗް ކޮށްފައެވެ.

ލޯބީގެ އަސަރުގަދަ ފިލްމުތައް ޕްރޮޑިއުސްކޮށް ޑައިރެކްޓްްކޮށްފައިވާ ފާތުމަތު ނަހުލާ ޕްރޮޑިއުސް ކޮށްފައިވާ މިފިލްމު ޑައިރެކްޓްކޮށްފައިވަނީ އައިޝަތު ރިޝްމީއެވެ.

"ބޮސް" ގެ އޮފިޝަލް ޓީޒަރ ލޯންޗް ކޮށްދިނީ ނަހުލާގެ އެންމެ ހަގު ދަރިފުޅު ލާލީ ސިނާން އެވެ.



މިފިލްމުގައި މަރިޔަމް އައްޒަ، ފާތުމަތު އަޒީފާ، ދޮން އައްޔަ، ޖިމީ، ޝަމްވީލް ގެ އިތުރުން އަލަށް ފިލްމީ ދާއިރާއަށް ތަޢާރަފްވާ ޔުއާން ގެ ކުޅަދާނަ އެކްޓިންގ ފެނިގެންދާނެއެވެ.

ފިލްމާއި މެދު ފިލްމުގެ ޑައިރެކްޓަރ ރިޝްމީ ބުނެފައިވަނީ ނަހުލާގެ ލޯބީގެ ފިލްމެއް ޑައިރެކްޓް ކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.

ފިލްމުގެ ޕްރޮޑިއުސަރ ނަހުލާ ބުނެފައިވަނީ "ބޮސް" ގެ ޝޫޓިންގ މިހާރުވެސް ފެށިގެން ކުރިއަށްދާ ކަމަށާއި ރިޝްމީގެ ޑައިރެކްޝަން އާއި ދޭތެރޭ މިހާރުވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"ބޮސް" އަކީ ލޯބީގެ ފިލްމެކެވެ. އަދި މިފިލްމަކީ ނަހުލާގެ އެހެން ލޯބީގެ ފިލްމުތައް ފަދައިން ވަރަށްވެސް އަސަރުގަދަ ފިލްމަކަށް ވާނޭ ކަމަށް ނަހުލާ ބުނެފައިވެއެވެ.
މިއަދު އޮންލައިން