މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިލަންދޫ ބަލިކޮށް މާޅޮހުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު އއ. މާޅޮސް ކާމިޔާބުކުރީ 2 ލަނޑު ސުން ލަނޑުންނެވެ. އަދި މި މޮޅާއެކު މާޅޮސް ވަނީ ގުރޫޕްގެ އެއްވަނަ ޖެހިލާފައެވެ.
މާޅޮސް ޓީމުން ފުރަތަމަ ލަނޑުޖަހާ ލީޑުނަގައިދީ 17 ވަނަ މިނިޓުގައި ކެޕްޓަން އަހުމަދު ލަތީފްއެވެ. މާޅޮސް ޓީމުގެ ދެވަނަ ގޯލް ޖަހައިދިނީ ދެވަނަ ހާފުގެ 68 ވަނަ މިނިޓުގައި އަހުމަދު އަމުޖަދެވެ.
މި މެޗުގެ ދެވަނަ ހާފުގައި މިލަންދޫއިން ފުލުފުލުގައި މާޅޮހުގެ ގޯލަށް ހަމަލާތައް ފޮނުވަމުން ދިޔަނަމަވެސް އެ ހަމަލާތަކުގެ ހުރަހަކަށްވީ މާޅޮސް ޓީމުގެ ހުޝިޔާރު ކީޕަރެވެ.
މި ގުރޫޕްގައި މާދަމާ ބައްދަލުކުރާނީ ކުޅުދުއްފުއްޓާއި މާޅޮސް އެވެ.