ހިލޭ އަންހެނުންނާ ފިރިހެނުން މަސްހުނިވެ، ގައިގަ އަތްލުމަކީ ދުވަހަކުވެސް މާތްﷲ ހުއްދަކުރެއްވި ކަމެއް ނޫން- ބިރުވެތިވެ: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ހިލޭ އަންހެނުންނާ ފިރިހެނުން މަސްހުނިވެ، ގައިގަ އަތްލުމަކީ ދުވަހަކުވެސް މާތްﷲ ހުއްދަކުރެއްވި ކަމެއް ނޫން- ބިރުވެތިވެ: ޝައިޚް ޢަލީ ޒައިދު
ހިލޭ އަންހެނުންނާއި ފިރިހެނުން، ގައިގޯޅިވުމާއި މަސްހުނިވުމާއި ގައިގައި އަތްލައި އުޅުމާއި އެކުގައި ނަށާ އުޅުމަކީ މާތްﷲ ދުވަހަކުވެސް ހުއްދަ ކުރެއްވެވި ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަން ކުރުމަށް ބިރުވެތިވާންޖެހޭނެ ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ވިޔަފާރިވެރިންގެ މިސްކިތުގައި އިއްޔެގެ ޢަޞްރުނަމާދަށްފަހު ދަރުސް ދެއްވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ފޮރުވިފައިވާ އެއްވެސް ކަމެއް އިސްލާމް ދީނުގައި ނެތް ކަމަށާއި ހުރިހާ ކަމެއް ހުރީ ހާމައަށް ފެންނަން ކަމަށެވެ. ކުރިއަށް ދާންޖެހޭނީ އެގޮތުގައި ކަމަށެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ މުޅި ހަޔާތްޕުޅުގައިވެސް ހިލޭ އަންހެނަކާއި އެންމެ ކުޑަމިނުން އަތާ އަތް ޖޯޑުކުރައްވަވައި ސަލާމް ކުރައްވަވާފައި ވެސް ނެތް ކަމަށެވެ. ހިލޭ އަންހެނުންނާއި ގައިގޯޅިވެވަޑައިގެންފައެއް، މިކްސްވެވަޑައިގެންފައެއް ނެތް."

ޝައިޚް ޢަލީ ޒައދު ވިދާޅުވީ ރަމަޟާން މަހަކީ އެމަހެއްގައި މުސްލިމުން އެތައް ގިނަ ޤްރްބާނީތަކެއް ވަމުންދާ މަހެއް ކަމަށެވެ. ރަމަޟާން މަހުގެ ދުވަސްތަކަކީ ކުރަން ބޭނުންވާ ކިތަންމެ ކަމެއް ނުކޮށް ތިބޭ ދުވަސްތަކެއް ކަމަށެވެ. ހަމައެއާއިއެކު މާތް ﷲ އަށް ކުއްތަންވުމާއި ވީހައި ގިނައިން އަޅުކަން ކުރުމަށް ސަމާލުކަން އިތުރަށް ދޭ މަހެއް ކަމަށެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ޢީދަކީ މިފަދަ ސަބަބަބުތަކަށްޓަކައި އުފާކޮށް އެކުވެރިކަން ބަދަހިކުރުމަށް މާތް ﷲ ދެއްވަވާފައިވާ ބޮޑު ނިއުމަތެއް ކަމަށެވެ. އެހެންކަމާއިއެކުވެސް އަޅުގަނޑުމެންގެ ތެރެއިން ބައަކު މިޢީދު ބޭނުންކުރީ މާތްﷲ ނަހީ ކުރައްވަވާފައިވާ ކަންތައްތައް ކުރުމަށް ކަމަށާއި އެއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

"ޢީދަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވަވާފައިވާ ވަރަށް ބޮޑު ހަދިޔާއެއް. މިހަދިޔާގެ ބޭނުން އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ހިފާފައިވަނީ އެއިގެ އެންމެ ޞައްޙަ ގޮތުގައެއް ނޫން. މިއީ ރަނގަޅު ގޮތްތަކެއް ނޫން. ޢީދު ދުވަހަކީ އަޅުގަނޑުމެން މާތް ﷲ އަށް ޝުކުރު ކުރުމުގެ ދުވަސް (ރޯދަމަހާއި އަޅުގަނޑުމެންނަށް ބައްދަލުވެވުނީތީ. އެ މާތް މައްސަރުގައި ހެޔޮ އަމަލުތައްކޮށް ތައުބާވުމަށް ފުރުޞަތު މިންވަރުކުރެއްވެވީތީ)

"ރަމަޟާން މަހާއި ބައްދަލުވެވޭތޯ ސަލަފުއްޞާލިޙުން ދުޢާކުރެއްވެވި. ރަމަޟާން މަސް ފާއިތުވުމުން އެބޭކަލުން ދުޢާކުރައްވަވަނީ އެމަހުގައި ކުރި ޢަމަލުތައް މާތް ﷲ ޤަބޫލުފުޅު ކުރައްވަވާތޯ. ރަމަޟާން މަސް ނިމުމުން އަޅުގަނޑުމެންގެ ކަމަކަށްވާންޖެހޭނީ ދެއަތް އުފުލައި އެފަދައިން ދުޢާ ކުރުން.

ނަމަވެސް ޢީދުގެ ބޭނުން ބައެއް މީހުން ހިފާފައިވަނީ މާތްﷲ ނަހީ ކުރެއްވެވި އަމަލުތައް ކުރަން. ހުއްދަ ނުކުރައްވަވާ ކަންތައްތައް ކުރަން."
(ކޮބައިތޯ ރަމަޟާން މަހު ކުރި ހެޔޮއަމަލުތައް؟ ކޮބައިތޯ ފާފަ ފުއްސެވުން އެދި ކުރި ދުޢާތައް؟ ތައުބާ ޤަބޫލުފުޅު ކުރައްވަވާތޯ މާތްﷲ ދެންނެވި އާދޭސްތައް މިހައި އަވަހަށް ހަނދުމަ ނެތުނީތޯ؟)

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ބައެއް ތަންތަނުގައި ސްޓޭޖް ޝޯތައް ބާއްވައި އަންހެނުންނާއި ފިރިހެނުން މަސްހުނިވެގެން ކަންތައްތައް ކުރި ކަމަށެވެ. "ނަށާ ވައްތަރު ޖައްސާ އެކިއެކި އިޝާރާތްކޮށް މިހެން ގޮސް ނުކުރާ ކަމެއް ނެތް. އަދި ނުވިތާކަށް އެމަންޒަރު ހާމައަށް ނުފެންނަ މީހުންނަށް ދެއްކުމަށްޓަކައި ސޯޝަލް މީޑިއާގައި ދައުރުކޮށް ހީވަނީ އެހެންފަދަ ކަމެއް ވެގެން އުޅޭހެން."

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ޢީދުގެ އުފާ ފާހަގަކުރަންޖެހޭނީ ވެސް މާތް ﷲ ހުއްދަ ކުރެއްވެވި ގޮތުގައި ހުއްދަކުރެއްވެވި ކަންކަން ކުރުމަށް ކަމަށެވެ.
މިއަދު އޮންލައިން