އެމްސީ ގްރަތް އަކީ ޢާންމު ދިރިއުޅެއް އުޅެމުން އައި މީހެކެވެ. މޫނުގެ އެތެރެއިން ދުޅަވި ޓިޔުމަރެއް ކެންސަރަށް ބަދަލުވެގެން ޓިޔުމަރު ނެގިއިރު އޭނާގެ މޫނުގެ ސިފަ ވަނީ އެކުގައި ބަދަލުވެފައެވެ. ބިރުވެރި މޫނަކަށްވެފައެވެ.
ޑރ. ކޮންގކްރިޓް އަކަށް އެއީ މާބޮޑު މައްސަލައަކަށް ނުވިއެވެ. ހަމަ އޭނާގެ އަތާ ފައިން ހަމާއި މަސް ނަގައިގެން އޭނާއަށް އެވަނީ އަލުން މޫނެއް ހޯދައިދީފައެވެ.
މި އޮޕަރޭޝަން ކުރަން 30 ގަޑިއިރު ހޭދަވިއެވެ. އޮޕަރޭޝަނަށްފަހު 7 ހަފްތާ ވަންދެން ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ. އޮޕަރޭޝަނުގައި 20 ޑޮކްޓަރުން ބައިވެރިވިއެވެ. މިއޮޕަރޭޝަނަށް ޚަރަދުކުރަންޖެހުނު ވަރެއް ޢާއިލާއަކުން ނުބުނެއެވެ. ބުނެފައިވަނީ ޚަރަދު ކުރީ އާއިލާގެ އެންމެން ގުޅިގެން ކަމަށެވެ.
އޭނާ ބުނާ ގޮތުން މިހާރު އޭނާއަށް ވަނީ މުޅިން އައު މޫނެއް ލިބިފައެވެ. ކައި ބޮއެ އަދި އެހެން ކަންކަން ކުރުމަކަށް މިހާރު އެއްވެސް އުނދަގުލެއް ނެތެވެ. މިހާރު އޭނާ ފެނުމުން ކުޑަކުދިން ބިރެއްވެސް ނުގަނެއެވެ.