ޙައިޟުވުމުގެ އަދަބެއްގެ ގޮތުން ޖިފުޓިއެއްގައި ބަންދުކޮށްފައި އިން 18 އަހަރުގެ އަންހެން ކުއްޖަކަށް ހަރުފަވިހަލުމުން މަރުވެއްޖެއެވެ. މިހާދިސާ ހިނގާފައިވަނީ މިދިއަ ހުކުރު ދުވަހު ނޭޕާލުގެ އަވަށެއްގައެވެ.
ހިންދޫންގެ ބައެއް މަޒުހަބުތަކުގައި ހައިޟުވުމަކީ ވަރަށް ބޮޑު ނަޖިސްކަމެކެވެ. އެހެންކަމުން ޚާއްޞަކޮށް އަލަށް ހައިޟުވާ އަންހެން ކުދިން އެކަހެރިކޮށް ޖިފުޓިތަކުގައި ބަންދުކުރަނީ އެކުދިންގެ ނަޖިސްކަމުން ގެ ސަލާމަތް ކުރުމަށެވެ.
އިންސާނުން އިލްމުވެރިވެ ތަހުޒީބުވެފައިވާ މިފަދަ ޒަމާނެއްގައި މިފަދަ ކަންކަން ޤަބޫލުކުރާ ބައަކު ތިބުމަކީ ސަރުކާރުތަކާއި ޖަމިއްޔާތަކުގެ ނުކުޅެދުންތެރިކަމެވެ. މީސްތަކުންނަށް ކަންކަމުގެ ހަޤީޤަތް އަންގައި ދިނުމުގެ އިތުރުން މިފަދަ ލާ އިންސާނީ އަމަލުތައް ހުއްޓުވުމުގެ ޤާބިލުކަން ސަރުކާރަށް ނުލިބޭނަމަ ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށް ބެލެވެއެވެ.
ދީނެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނީ ވެސް އަދި ދީނުގެ ކަންކަމުގެ ގޮތުގައި ބަލައިގަންނަން ޖެހޭނީވެސް އިންސާނުންގެ ބުއްދިއަށް ޤަބޫލުކުރެވޭ ކަންކަމެވެ. އެމީހަކު ކުރި ކަމަކާއި ނުލައި އެމީހަކަށް ޤްދްރަތުން މިންވަރު ކުރައްވަވާ ކަން މެދުވެރިވުމުން އެއީ ކުށެއް ކަމަށް ބަލައިގަތުމަކީ ސަލާމަރް ބުއްދިއަށް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
މިފަދަ ނާތަހުޒީބު ކަންކަން މެދުވެރިވަނީ ފަޤީރުންގެ ތެރެއިން ކަމަށްވާތީ މިފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރި ނުކުރެވެނީކަން ހާމަވެއެވެ. ފޯރުކޮށްދޭންޖެހޭ ތައުލީމު ފޯރުކޮށް ނުދެވެނީއެވެ.
މިދިއަ އަހަރުވެސް ނޭޕާލުގައި ވަނީ މިފަދަ ހާދިސާއެއް ހިނގައި 14 އަހަރުގެ އަންހެން ކުއްޖަކު މަރުވެފައެވެ.