މައިލޯ އިންޓަރ ކޮލެޖު / ހައި ސްކޫލު ހޭންޑްބޯލް މުބާރާތް މި މަހުގެ 12ވާ ބުދަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
ހޭންޑްބޯލް މޯލްޑިވްސްއިންއިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ މުބާރާތްވެސްފިރިހެން އަދި އަންހެންވަކިންކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު، މި މުބާރާތުގެ ފިރިހެން ބައި ކުރިއަށް ގެންދިޔުމަށްހަމަޖެހިފައިވަނީ ކޮލެޖުތަކާއި ޔުނިވަރސީޓިތައް އެއްޑިވިޝަނެއްގައި އަދިހައި ސްކޫލްތައް ވަކި ޑިވިޝަނަކަށް ބަހާލައިގެންނެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ކޮލެޖު ބައިގާ ބައިވެރިވެފައިވަނީ އެވިޑް ކޮލެޖާއި ވިލާކޮލެޖާއި ސައިރިކްސް ކޮލެޖާއި މައި ކޮލެޖާއި އިސްލާމިކްޔުނިވަރސިޓީ އޮފް މޯލްޑިވްސްއެވެ.އަދި މުބާރާތުގެ ފިރިހެން ހައި ސްކޫލް ބައިގައި ބައިވެރިވެފައިވަނީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި އަލްމަދަރުސަތުލްއަރަބިއްޔަތުލް އިސްލާމިއްޔާއެވެ.
މި މުބާރާތުގެ އަންހެން ބައިގާ ބައުވެރިވެފައިވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފްމޯލްޑިވްސް އާއި ސައިރިކްސް ކޮލެޖާއި މައި ކޮލެޖާއި ވިލާ ކޮލެޖާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލެވެ.
މި މުބާރާތުގެ ފައިނަލް މެޗުތައްކުޅުމަށް ތާވަލުކޮށްފައުވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.