އެއް އަތުގަ ބޮން- ކޮނޑުގަ ކުޑަކުއްޖެއް- މިއީވެސް ހަމަ އަންހެނެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
އެއް އަތުގަ ބޮން- ކޮނޑުގަ ކުޑަކުއްޖެއް- މިއީވެސް ހަމަ އަންހެނެއްތަ؟
ދާދިފަހުން ހާމަވި ފޮޓޯއަކުން ފެންނަނީ ޖާނުން ފިދާވުމަށް ގައިގައި ބޮން އައްސައިގެން ހިނގާފައި ދިއަ އަންހެނަކު އެއް އަތުން ބޮން ގޮއްވާލާނެ ޑީވައިސް ހިފައިގެން ހުރިއިރު ކޮނޑުމަތީގައި ތުއްތު ކުޑަކުއްޖަކު ބާއްވައިގެން ހިނގާފައިދާ މަންޒަރެވެ.

ކުޑަކުއްޖަކު ކޮނޑަށް ލައިގެން ހިނގާފައި ދިއައީ އޭނާއަކީ މައެއްކަން ދައްކައި އެހެން މީހުންގެ ސަމާލުކަމުން ދުރުވުމަށެވެ. ހިނގާފައި ގޮސް އޭނާ މަސައްކަތްކުރީ އިރާޤުގެ ސިފައިންތަކެއް ތެރެއަށް ވަދެ ބޮން ގޮއްވައިލުމަށެވެ. ނަމަވެސް ބޮން ގޮވީ އެމީހުންގެ ތެރެއިން ނުކުމެ ތަންކޮޅެއް ދުރަށް ދިއަ ފަހުންނެވެ.

މިފަދަ އަނިޔާވެރި އަމަލުތައް ކުރަމުންވެސް ބުނަނީ ތިމަންމެން މަސައްކަތް މިކުރަނީ މާތް ﷲ ގެ މަގުގައި ކަމަށެވެ. މިއުޅެނީ އިސްލާމް ދީން މަތިވެރިކުރަން ކަމަށެވެ.

މޯސުލް މިހާރު ވަނީ އައިއެސްގެ ކިބައިން ސަލާމަތްކުރެވިފައި ކަމަށް އިރާޤުގެ ބޮޑުވަޒީރު ވަނީ އިއުލާނު ކުރައްވައިފައެވެ. ނަމަވެސް އެކަމުގެ ހަޤީޤަތެއް އަދިވެސް ނުއެނގެއެވެ. އައިއެސް ނެތުނީ ކަމެއް ނޫނީ މިވަތުތަށް މަޑުޖެހުނީ ކަމެއް އަދި ޔަޤީނެއް ނުވެއެވެ.
މިއަދު އޮންލައިން