އެކަނިވެރިމައެއްގެ ހުރި އެންމެ ދަރިފުޅު މަންމަގެ ކަރަށާ މެއަށް ވަޅި ހަރައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
އެކަނިވެރިމައެއްގެ ހުރި އެންމެ ދަރިފުޅު މަންމަގެ ކަރަށާ މެއަށް ވަޅި ހަރައިފި
އެކަނިވެރި މައެއްގެ ހުރި ހަމައެކަނި ދަރިފުޅު، އޭނާގެ މަންމަގެ މެއަށާއި ކަރަށް ވަޅި ހަރައިފިއެވެ.

ކޯޓުގައި 58 އަހަރުގެ މައި މީހާ ބުނީ ކޮލެޖުގައި ކިޔަވަމުންދާ އުމުރުން 25 އަހަރުގެ ފިރިރިހެން ދަރިފުޅު ވަޅިހެރީ ދެބަސްވުމެއްގެ ތެރެއިން ކަމަށެވެ. "އެރޭ އަހަރެން އޮތީ ވަރަށް ބަލިވެ. ގެންގުޅޭ ހައުސްމެއިޑް އައިސް ޓަކި ޖެހީމާ ވެސް ނުހުޅުވުނީ. ބަލިވެ އުޅޭ ނަމަ އެހެން ރޭރޭ ވެސް އެގޮތަށް ކަންތައް ކުރަން."

މައިމީހާ ބުނީ އަނެއް ދުވަހު ދަރިފުޅު އޭނާ ބަދުނާމުކުރީ ކަމަށެވެ. އެރޭ ގޭގައި ނެތީ ކަމަށްބުނެއެވެ. އެއީ ހަޤީޤަތް ނޫން ކަމަށް ބުނުމުން ދަރފުޅުގެ ރުޅި ގަދަވެ ވަޅި ނަގައި ހަމަލާ ދިނީ ކަމަށެވެ.

ފުލުހަށް ރިޕޯޓްކޮށް މައިމީހާ ސަލާމަތްކުރީ އަވަށްޓެރިންނެވެ.

ދުބާއީގެ ކޯޓެއްގައި ބޭއްވި ޝަރީއަތުގެ މަޖިލީހަށްފަހު ފަނޑިޔާރު ވިދާޅުވީ އަންނަ ރުޅީގައި ތިމާގެ މައިމީހާގެ ގައަށް ވަޅިހަރަން ކެރޭ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ކޮލެޖުގައި ކިޔަވަނީ ކޮން އެއްޗެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ދެން ބާއްވާ ޝަރީއަތުގެ މަޖިލީހެއްގައި ޙުކުމް އިއްވާނެއެވެ.
މިއަދު އޮންލައިން