2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަސް ގިނަ ބައަކު ހޭދަކުރީ އައު އަހަރުގެ އުފާ ފައުޅުކުރުމަށެވެ. ނަމަވެސް ޖަރުމަނުގެ ދެމަފިރިއަކަށް އެދުވަސްވީ ވަރަށް ހިތާމަހުރި ދުވަހަކަށެވެ.
އެމީހުންގެ އެންމެ 3 މަސްވީ ދަރިފުޅު ދެން ދުނިޔޭގައި ނުއޮންނާނެ ކަމަށް ޑޮކްޓަރުން ނިންމައި ދަރިފުޅު ނޭވާލެއްވުމަށް ގުޅާފައި ހުރި މެޝިންތައް ނައްޓައިލުމުންނެވެ. މެޝިންތައް ނައްޓައިލަމުން ޑޮކްޓަރުން ބުނީ ކުއްޖާ ގިނަވެގެން ނޭވާލާނީ 24 ގަޑިއިރު ކަމަށެވެ.
މިހާރު އެއިގެ ފަހުން ދޮޅު އަހަރު، 18 މަސްވީއެވެ. ދަރިފުޅު އަދިވެސް އެބައޮތެވެ. ނޭވާލައެވެ. ނަމަވެސް ހޭވެރިކަމެއް ނެތެވެ.
މިބާވަތުގެ މައްސަލަތަކުގައި ދެވޭ ހުރިހާ ފަރުވާއެއް ދީފިއެވެ. ނަމަވެސް ކުއްޖާ އަދިވެސް އޮތީ ހަމަ އެގޮތަށް ހޭނުއަރައެވެ.
ދުނިޔޭގެ އެންމެ މޮޅު ޑޮކްޓަރުން އެކުއްޖާ ދުނިޔޭގައި ނުއޮންނާނެ ކަމަށް ދިން 24 ގަޑިއިރު ނިމި 18 މަސް ދުވަސް ފާއިތުވެ ދިއައީއެވެ. ވިސްނައިފި މިޙަކަށް އިބްރަތެކެވެ.