ތުރުކީ ސަރުކާރުން އިންސާފަށް ހުރަސްއަޅާކަމަށް ބުނެ ކުރިއަށް ގެންދިއަ ރެލީގައި 1.6 މިލިއަން މީހުން ބައިވެރިވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ތުރުކީ ސަރުކާރުން އިންސާފަށް ހުރަސްއަޅާކަމަށް ބުނެ ކުރިއަށް ގެންދިއަ ރެލީގައި 1.6 މިލިއަން މީހުން ބައިވެރިވެއްޖެ
ތުރުކީގައި އެ ޤައުމުގެ ސަރުކާރުން އިންސާފަށް ހުރަސްއަޅާކަމަށް ބުނެ ގިނަ ފަރާތްތަކެއް ގުޅިގެން ކުރިއަށް ގެންދިއަ ރެލީގައި 1.6 މިލިއަން މީހުން ބައިވެރިވެއްޖެއެވެ.

25 ދުވަހަށް ކުރިއަށް ގެންދިއަ މިރެލީގައި 450 ކިލޯ މީޓަރަށްވުރެ ބޮޑު ސަރަހައްދެއްގައި ވަނީ ހިނގާލުން ކުރިއަށް ގެންގޮސްފައެވެ. ހިނގާލުން ނިންމައިލީ އާދީއްތަ ދުވަހުއެވެ.

ރެލީގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ބުނެފައިވަނީ ރައްޔިތުން ދެކެ ނުވަތަ ރައްޔިތުންގެ ތެރެއިން ބަައަކު ދެކެ ރުޅި އައިސްގެން ސަރުކާރެއް ނުހިންގޭނެ ކަމަށެވެ. އަދި ޤާނޫނުތަކާއި ޤަވާއިދުތައް ހަދައި އަމަލުކުރަންޖެހޭނީ ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަވާ އުޞޫލަކުން ކަމަށެވެ.

ދިރާސާތައް ދައްކާ ގޮތުން ތުރުކީގެ 87 އިންސައްތަ ރައްޔިތުން މިރެލީއަށް ތާއީދުކުރެއެވެ. މިރެލީ އާއިބެހޭ މައުލޫމާތު ސަރުކާރުގެ މީޑިއާތަކުން ހާމަނުކުރާކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން