ސޯޅަ މީހުންނާއެކު ދަތުރުކުރި އަސްކަރީ މަތިންދާ ބޯޓެއް ވެއްޓިއްޖެއެވެ.
ސީއެންއެން އިން ބުނާގޮތުގައި މެރިން ކޮޕްސްގެ މި އަސްކަރީ ބޯޓު ވެއްޓިފައިވަނީ ލެފޯރް ކަންޓްރީގެ މިސިސިއްޕީ ނަމަކަށް ކިޔާ ތަނަކަށެވެ. އަދި އަލިފާން ނިއްވާ މީހުންނާއި ސިއްހީ އެހީތެރިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެފްބީއައި އިންވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައިވީ ވީނަމަވެސް އިތުރު އެއްވެސް މަޢުލޫމާތެއް އަދިހާމައެއް ނުކުރެއެވެ.