ނުބައި ކަންތައްތައް ހުއްޓާ ނުލާނަމަ މަނާކުރުންމަތީ ދެމި ތިބޭނަން: ޝައިޚް ޢަލީ ޒައިދު

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
ނުބައި ކަންތައްތައް ހުއްޓާ ނުލާނަމަ މަނާކުރުންމަތީ ދެމި ތިބޭނަން: ޝައިޚް ޢަލީ ޒައިދު

މީސްތަކުން ނުބައި ކަންތައްތައް ކުރުން މަތީގައި ދެމިތިބޭނަމަ ހުއްޓަވައި ނުލައްވައި އެކަންކަން މަނާ ކުރެއްވުން މަތީގައި "ދެމިތިބޭނަން" ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މީސްތަކުން ކުރާ ނުރަނގަޅު ކަންތައްތަކުގެ ވާހަކަ ދެއްކުމުން ބައެއް މީހުން އެކަމަށް ނަފްރަތުކުރާ ކަމަށެވެ. އަދި އެއީ ފަސާދަކުރުން ކަމަށް ވެސް ބުނާ ކަމަށެވެ. ނަމަވެސް މީސްތަކުން ކުރާ ނުރަނގަޅު ކަންތައްތަކުގެ ވާހަކަތައް ދައްކަންޖެހޭ ކަމަށާއި މުންކަރާތްތައް މަނާ ކުރަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މީސްތަކުން ކުރާ ނުރަނގަޅު ކަންތައްތަކުގެ ވާހަކަތައް ދެއްކުމާއި މުންކަރާތްތައް ނަހީކުރަން މަސައްކަތް ކުރުމަކީ އަދި ހެޔޮ އަމަލުތައް ކުރަން ގޮވާލުމަކީ ކުރަންޖެހޭ ކަމެއްކަން ކީރިތި ޤްރްއާނުގެ އާލްޢިމްރާން ސޫރަތުގެ 104 ވަނަ އާޔަތުން ވަރަށް ރަނގަޅަށް އެނގެން އެބައޮތް ކަމަށެވެ. އެހެންކަމުން ދީނީ އިލްމުވެރިން އެ މަސައްކަތުގައި ދެމި ތިއްބަވާނެ ކަމަށެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މިއީ މާތްﷲގެ އަމުރުފުޅެއް ކަމަށާއި އެ އަމުރުފުޅު ތަންފީޒުކުރުމަކީ ބައަކު ރުހުނު ނަމަވެސް އަދި ނުރުހުނު ނަމަވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މުންކަރާތްތައް ނަހީ ކުރައްވައި ހެޔޮ އަމަލުތައް ކުރުމަށް ގޮވައިލެއްވެވުމަށް މާތްﷲ ފޮނުއްވެވި ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުންނަށްވެސް ހަމަ މިފަދަ މައްސަލަތައް ކުރިމަތިވެވަޑައިގެންނެވި ކަމަށެވެ. ޚުދު ރަސޫލާ މުޙައްމަދު (ޞޢވ)އަށްވެސް މިފަދަ މައްސަލަތައް ކުރިމަތިފުޅުވެވަޑައިގެންނެވިކަމަށެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) އަކީ ސިހުރުވެރިއެކޭ، ޝާއިރެކޭ ކިޔައިގެން ކާފަރުން ނުގޮވާ އެއްވެސް އެއްޗެއް ނެތްއިރު އިތުރު ސާހިބާ ބަޔާންކޮށްދެއްވަވަމުން ގެންދެވީ ވަޙީގެ މަލާއިކަތާ މާތްﷲގެ ހަޟްރަތުން ގެނެސް ދެއްވެވި ވަޙީގެ ބަސްފުޅުތައް ކަމަށެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މީސްތަކުންނަށް އޮތީ ދީނުގައި މާތްﷲ އަންގަވާފަައިވާ ގޮތްތައް ޤަބޫލުކޮށް އަމަލުކުރުން ކަމަށެވެ. ކީރިތި ޤްރްއާނާއި ސުންނަތުން ކަންކަން ބަޔާންކޮށްދިނުމުން އެކަންތައްތަކަށް ތަބައަވުން ކަމަށެވެ.
މިއަދު އޮންލައިން