ޔަހޫދީ ސިފައިން ފަލަސްޠީނުގެ ކުޑަކުއްޖަކާ ޒުވާނަކު ޝަހީދުކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
ޔަހޫދީ ސިފައިން ފަލަސްޠީނުގެ ކުޑަކުއްޖަކާ ޒުވާނަކު ޝަހީދުކޮށްލައިފި
ހައްދުފަހަނޤައަޅާފައިވާ ޔަހޫދީ ސިފައިން ފަސްޠީނުގެ ކުޑަކުއްޖަކާއި ޒުވާބަކު ޝަހީދުކޮށްލައިފިއެވެ.

ޖެނިން ރިފިޔުޖީ ކޭމްޕަށް ޔަހޫދީ ސިފައިން ގޮސް ހިންގި ކުރިމަތިލުންތަކުގައި ބަޑިޖަހައި ޝަހީދުކޮށްލީ 17 އަހަރުގެ އައުސް ސަލާމް އާއި 21 އަހަރުގެ ސާދް ސަލާޙްއެވެ.

އިތުރު ޒުވާނެއްގެ ގައަށް ޖެހި ވަޒަން އަރާފައި ވަނީ އޭނާގެ ފަޔަށެވެ. ވަޒަން ނެގުމަށްޓަކައި މިހާރު ވަނީ އޮޕަރޭޝަންކޮށްފައެވެ.

ޔަހޫދީ ސިފައިން ފަލަސްޠީނު ރައްޔިތުންނަށް ބޭނުން ގޮތެއް ހަދަމުން ދިއަ ނަމަވެސް ބަޔާން ނެރުން ފިޔަވައި ކުރެވޭ އެއްވެސް ކަމެއް ނެތްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން