ސައުދިއަރަބިޔާގެ ޖިއްދާގައި މަގުމަތީގައި ހިނގާ އަންހެނުންގެ ގައަށް އެސިޑް ޖަހާ މީހަކު ހައްޔަރުކޮށްފިއެވެ.
އެސިޑް ޖަހާ މީހާ ބުނީ އެކަން ކުރީ ވަކި އަންހެނަކާއި އެއްވެސް ޒާތީ ކަމެއް އޮވެގެން ނޫން ކަމަށާއި އެއްވެސް އަންހެނަކު އޭނާ އާއި ކައިވެނިކުރަން އެއްބަސްނުވާތީ ކަމަށެވެ.
ފުލުހުންނަށް ބަޔާން ދެމުން އޭނާ ބުނެފައިވަނީ ހުރިހާ އަންހެނުން ދެކެވެސް މިހާރު ރުޅި އަންނަ ކަމަށާއި ޚާއްޞަކޮށް ކުލަ ފޮތިން ހެދުން ލައިގެން ތިބޭ އަންހެނުން ދެކެ ބޮޑަށް ރުޅި އަންނަ ކަމަށެވެ.
ފުލުހުން ބުނީ މިދިއަ އީދު ދުވަހުން ފެށިގެން ޖިއްދާގެ އެކި ސަރަހައްދުތަކުގައި އަންހެނުންނަށް އަމާޒުކޮށްގެން އެސިޑް އުކަމުން އަންނަ ކަމަށާއި ފުލުހުން އައީ އެކަންކުރާ މީހަކު ހޯދަން މަސައްކަތްކުރަމުން ކަމަށެވެ.
ފުލުހުން ބުނާ ގޮތުގައި އޭނާ ގިނައިން މިފަދަ ހަމަލާތައް ދީފައިވަނީ ޝޮޕިންގ މޯލްތަކުން ނުކުމެގެންދާ އަންހެނުންނަށެވެ.