އަނބިމީހާ ޑިގްރީއަށް ކިޔަވާތީ އަތްތިލައިގެ އިނގިލިތައް ބުރިކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އަނބިމީހާ ޑިގްރީއަށް ކިޔަވާތީ އަތްތިލައިގެ އިނގިލިތައް ބުރިކޮށްލައިފި
އަނބިމީހާ ޑިގްރީއަށް ކިޔަވާތީ އެކަމަށް ހަސަދަވެރިވެ އަނބިހާގެ އަތްތިލައިގެ އިނގިލިތައް، 5 އިނގިލި އެކުގައި ބުރިކޮށްލައިފިއެވެ.

މިކަންކުރީ ދުބާއީގައި މަސައްކަތްކުރާ އުމުރުން 30 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އޭނާ ކިޔަވާފައިވަނީ ގްރޭޑް 8 އާއި ހަމައަށެވެ. އެހެންވެ 21 އަހަރުގެ އަނބިމީހާ އެހައި މައްޗަށް ކިޔަވަން ބޭނުން ނުވީއެވެ. އަނބިމީހާ ޑިގްރީއަށް ކިޔަވަންފެށީ އޭނާގެ ހުއްދަ ހޯދުމަކާއި ނުލައި އަމިއްލައަށެވެ. ޗުއްޓީގައި ދިއުމުން އަނބިމީހާ ކިޔަވާތަން ފެނުމުން ކެތް ނުކުރެވުނީއެވެ.

އެއް ރޭ ބޭރުން އައިސް އަނބިމީހާއަށް އޮޅުވާލައި "ސަރޕްރައިސް" އެއް ދޭން ކަމަށް ބުނެ ކަނުބަނދެ އަނގައިގައި ޓޭޕް އެޅުމަށްފަހު އަތްތިލަ ތަނެއްގައި ބޭއްވުމަށްފަހު ވަޅިއަކުން ޖަހައި އިނގިލިތައް ބުރިކޮށްލީއެވެ. އަދި އޮޕަރޭޝަންކޮށް އިނގިލިތައް ގުޅައިފާނެ ކަމަށްޓަކައި އިނގިލިތައް އެކި ދިމާއަށް އުކައިލީއެވެ.

ބަންގްލަދޭޝްގެ ޤާނޫނުގައި ބުނާގޮތުން މިފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ އުމުރަށް ޖަލަށް ލުމެވެ.
މިއަދު އޮންލައިން