ޕަޕާ ނިއުގިނީއަށް ބިންހެލުމެއް އަތުވެއްޖެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭ އިން ބުނެފައިވަނީ މިއީ ޕެސިފިކްގެ ދެކުނުގައި އޮންނަ ކުޑަ ޤައުމެއް ކަމަށްވާ ޕަޕާނިއުގިނީ ކައިރިން ކަނޑުގެ ސަރަހައްދަށް އައި ބިންހެލުމެއް ކަމަށެވެ. އަދި މިއީ 6.4 މެގްނެޓިއުޑް ބާރުމިނުގައި އައި ބިންހެލުމެއް ކަމަށެވެ.
މި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ރާއްޖެއަށް ނުކުރާނެ ކަމަށް ރާއްޖޭގެ މީޓޮއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުންޏެވެ.